ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: މިހާރު

ހައިކޯޓަގެ ފަޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން އިޢުލާންކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު އިއުލާންގައި ބުނީ، ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތުގައި "ފަނޑިޔާރުން ބޭނުންވާ އަދަދު" އިތުރު ކުރުމަށް ބޭނުންވާތީ އަދި އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، އެ މަޤާމަށް ކުރިމަތިލުމުގެ
ފުރުސަތު އެއް މަޤާމުގެ ބަދަލުގައި 2 މަޤާމަށް އިތުރު ކުރުމަށްފަހު، ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

ކުރީގެ އިޢުލާނުގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފިޔަވައި އިތުރުން އެހެން އެއްވެސް ލިޔެކިއުމެއް މި އިޢުލާނުން ކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލައްވާއިރު ހުށަހަޅުއްވަން ޖެހިވަޑައިނުގަންނަވާނެކަމަށްވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.

އެގޮތުން މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރ މަހުގެ 08 ވަނަ ދުވަހުގެ 14:00 ގެ ކުރިން،އެޕްލިކޭޝަން ފޯމް އަދި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް ކޮމިޝަނުގެ ރަސްމީ އީމެއިލް [email protected] އަށް ފޮނުއްވުމަށް ޖޭއެސްސީއިން ވަނީ އެދިފައެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރުގެ މަގާމު ހުސްވީ، އެ ކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޝުޖާއު އުސްމާން އަދި ފަނޑިޔާރު ހަސަން އަލީގެ ސުލޫކީ މައްސަލައެއް ސާބިތުވެ، އެ ދެމީހުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ