މާލެއާއި، ވިލިމާލެއާއި އަދި ހުޅުމާލޭގެ، މަގުމަތީގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ކޮށްފައިވާއިރު، އެގަޑި ޖެހުމާއެކު ފުލުހުން ފޯރި މަރަން ފަށައިފިއެވެ.
ވެރިރަށް މާލޭގެ ބޮޑެތި ހުރިހާ މަގުތަކެއްގައިހެން ފުލުހުން ޙަރަކާތްތެރިވަމުންދާއިރު ގޯޅި ތަކުގައިވެސް އެބޭފުޅުން ގެންދަނީ ފޯރި މަރަމުންނެވެ. ގިނަ އަދަދެއްގެ ފުލުހުން މިހަރަކާތުގައި ބައިވެރިވަމުންދާއިރު، މިފަދަ ބޮޑު ފޯހަކާއެކު މިފަހުން ފުލުހުން ހަރަކާތްތެރިވެފައި ނުވާކަންވެސް ފާޙަގަކޮށްލެވެއެވެ.

އާންމު ގޮތެއްގައި ރޭގަނޑަށް ކާރުބާރު ބޮޑު މަޖީދީމަހު ފެއްނަނީ ވަރަށް ބައި މަދުކޮށެވެ. އެހެންނަމަވެސް ވިޔަފާރިކުރަން ފައިމަގުގައި އުޅޭ މީހުން މަދުންނަމަވެސް ފެނެއެވެ. މީގެއިތުރުން މާލޭގެ މުހިންމު ބޮޑެތި ބައެއް ފިހާރަތައް ބަންދުކޮށްފައި ހުރިކަންވެސް ފާހަގަކޮށްލެއެވެ.

ރައްކާތެރިކަމަށްޓަކައި ޤާނޫނު ނަންބަރު: 7/2010 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) އާއި (ރ) އާއި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މާލެއާއި، ވިލިމާލެއާއި އަދި ހުޅުމާލޭގެ، މަގުމަތީގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ވަގުތުކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހަމަޖައްސާފައިވަނީ 2020 އޮގަސްޓް 23 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށެވެ.

މިނޫހުގެ ރިޕޯޓަރުން ބެލި ބެލުމުން ފާހަގަކުރެވުނު އިތުރު ކަންތައްތަކުގެ ތެރޭގައި މަޖީދީ މަގުގައި ފައިމަގުގައި ހިނގާފައި ވިޔަފާރިކުރާ ފަރާތްތައް ކޮންމެވެސް ވަރަކަށް އުޅުނު ނަމަވެސް، މާލޭގެ އެހެން ސަރަހައްދުތަކުގައި ހުރި ކަންމަތީ ފިހާރަތަކާއި މާޓްތައް ފިޔަވައި އެހެން ފިހާރަތަކަށް ފެންނަނީ ކަސްޓަމަރުން ނެތި ހުހަށްކަން ފާހަގަކޮށްލެވެއެވެ.




ހިޔާލު
Gaumu hingumah madhuvaan Bai hoadhumah hurihaa fuluhun magumahchah .I salute them…. Ae aslu dhivehindharin… And thank you president Ibrahim Mohamed solih and ruling party MPD