ހުޅުމާލޭގައި ހަދަމުންދާ ހިޔާ މަޝްރޫޢުގެ ފްލެޓްތައް - ސަން ފޮޓޯ: ފަޔާޒް މޫސާ

ހިޔާ ފްލެޓްތަކުން މާލޭ ރައްވެހިންނަށް ޚާއްސަ ކުރި އަދަދު އިތުރުކޮށްފި

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުން މާލޭ ރައްވެހިންނަށް ޚާއްސަ ކުރި އަދަދު އިތުރުކޮށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ އިން އެކަން ހާމަކުރައްވައިފިއެވެ.

އެގޮތުން ހައުސިން މިނިސްޓްރީން މިއަދު ވަނީ ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 16 އިމާރާތުގައި ހުރި 2 ކޮޓަރީގެ 6720 ފުލެޓް އެކި ކެޓަގަރީތަކަށް ފްލެޓްތަކުގެ އަދަދު މިހާރު ކަނޑައެޅިފައިވާ ގޮތް އިޢުލާނު ކުރައްވާފައެވެ. އެގޮތުން 2018 ވަނަ އަހަރު ހިޔާ މަޝްރޫޢުގެ 7000 ހައުސިން ޔުނިޓްތައް އެކި އެކި ކެޓަގަރީތަކަށް ކަނޑައެޅިފައިވާ ގޮތާއި، އަދި މިހާރު ހައުސިންގ ޔުނިޓްތައް ކެޓަގަރީތަކަށް ކަނޑައެޅިފައިވާ ގޮތް ވަނީ އާންމު ކޮށްފައެވެ.

އެމިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ގޮތުގައި މާލޭ ރައްވެހިންނަށް ޚާއްސަ ކެޓަގަރީ އެޗް8 އަށް ވަނީ 772 ފްލެޓް އިތުރު ކޮށްފައެވެ. އެއިޢުލާނުގައި ވާ ގޮތުން 2018 ވަނަ އަހަރު މާލޭ ރައްވެހިންނަށް ޚާއްސަ ކެޓަގަރީގައި ހިމެނިފައިވަނީ 1000 ފްލެޓްއެވެ. ނަމަވެސް ހިމާރު ހައުސިން ޔުނިޓްތައް ކެޓަގަރީތަކަށް ކަނޑައެޅިފައިވާ ގޮތުން މާލޭ ރައްވެހިންނަށް ވަނީ 1772 ފްލެޓް ޚާއްސަކޮށްފައެވެ.

މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ފްލެޓް އިތުރުކޮށްފައި ވަނީ އެހެން ކެޓަގަރީތަކުން ކަނޑައަޅާފައިވާ އަދަދަށް ފުލެޓް ލިބޭމީހުން ނެތުމާއި ގުޅިގެން ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީންނާއި، ޓީޗަރުންނަށް ޚާއްސަ ކެޓަގަރީންނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީގެ އިތުރުން ގުޅީފަޅުން / ގާކޮށި އަރަބިއްޔާ ބަޔަށް ޚާއްސަކޮށްފައިވާ ފްލެޓްތައް ވަނީ އަލުން ކެޓަގަރީތައް ކަނޑައެޅިއިރު މަދުކޮށްފައެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން ިވަނީ ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ %50 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް ކަނޑައަޅާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ