ހިޔާ މަޝްރޫގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ނެރެފިއެވެ.

އެގޮތުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ދިރާސާ ކުރުމަށްފަހު މިއަދު ވަނީ ހިޔާ މަޝްރޫޢުގެ ހަތަރު ކެޓަގަރީއަކުން ފްލެޓްތައް ލިބިފަިއވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފައެވެ.

ވަގުތީ ލިސްޓް އާންމު ކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީއާއި، ޓީޗަރުންނަށް ޚާއްސަ ކެޓަގަރީއާއި، މާލޭ ރައްވެހިންނަށް ޚާއްސަ ކެޓަގަރީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ވަނީ ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ ވެސް (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓު އާންމު ކޮށްފައެވެ. އަދި ކެޓަގަރީތަކަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެސްވާނެކަމުގައިވެސް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ވިދާޅުވެފައިވަނީ "ހިޔާ" މަޝްރޫޢުގެ ވަގުތީ ލިސްޓް އާންމު ކުރެވިފައިވާ ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 24 އޮގަސްޓު 2020 އިން ފެށިގެން 14 ސެޕްޓެންބަރު 2020 ގެ 15:00 ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މިގޮތުން ޝަކުވާ ހުށައެޅުމުމަށް ބޭނުން ފުޅުވާ ފަރާތްތަކުން https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ.

އެކޮމެތީން ވިދާޅުވެފައިވަނީ "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެކަމަށާއި އަދި މިކަމާގުޅޭ އިތުރު މައުލޫމާތު 3010718 އިން ލިބިވަޑައިގަންނަވާނެކަމަށެވެ.

ހަތަރު ކެޓަގަރީއަކުން ވަގުތީ ލިސްޓް މިއަދު އިޢުލާނު ކޮށްފައިވާއިރު، "ހިޔާ" މަޝްރޫޢުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިޢުލާންކުރެވޭނެ ކަމުގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ