ކޯޓުގެ އެންގުމަށް ޔާމީނުގެ ވަކީލުންގެ ބައްދަލުވުން ހަމަޖައްސަވައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކޯޓުގެ އަންގައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސަވައިފިކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން، ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަބްދުﷲ ޝިޔާޒަށް ފޮނުވި ސިޓީއާއެކު ކުރެއްވި ޓްވީޓެއްގައެވެ.

ކަރެކްޝަނުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަކީލުންނާ އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމް
ހަމަޖައްސައިދެއްވުމަށް އެދި ކްރިމިނަލް ކޯޓުން މިސަރވިސް އަށް ސިޓީ ފޮނުވާފައިވާތީ، އެ ބައްދަލުވުން 2020 އޯގަސްޓް 24
ވަނަދުވަހު 14:00 ގައި ހަމަޖެހިފައިވާ ކަމަށެވެ.

ޖަމީލު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިދުވަސް ދެކެން ޖެހިދާނެކަމަށް ހީނުކުރައްވާކަމަށާއި، ރައީސް ޔާމީނުއާއި ވަކީލުން ބައްދަލު މިވީ ކޯޓުން އަންގައިގެންކަމަށެވެ.

ޖަމީލު ވިދާޅުވީ، ރައީސް ޖާމީން ހައްޔަރުކުރުމަށްފަހު މިއަދު އެމަނިކުފާނުގެ އަސާސީ ހައްޤަށް އާދޭސް ކުރަން ޖެހޭއިރު، އަމީރުންނާއި އަމީރާއިން ދަނީ އެ މަނިކުފާނުގެ ތަރައްޤީގަެ ތަހުތުގައި ވެޑުވެމުންކަމަށެވެ.

އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރުމަށް ހުރަސްއަޅާފައިވާކަމަށް ޔާމީންގެ ޤާނޫނީ ވަކީލު ޓީމުން ވަނީ މިދިޔަ މަހު ނޫސްބަޔާނެއް ނެރިފައެވެ. އެ ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ މާޗު މަހުގެ ފަހުކޮޅުން ފެށިގެން، ރައީސް ޔާމީން އަށް ވަކީލުންނާ ބައްދަލުކުރައްވައި، ގާނޫނީ ލަފާ ހޯއްދެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.

މިކަމާއިގުޅިގެން ކަރެކްޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ޔާމީންގެ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މި ސަރވިސްގެ މައްޗަށް މިހާތަނަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައިނުވާކަމަށާއި، އެހެންނަމަވެސް، ވަކީލުންގެ ފަރާތުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ޔާމީނުގެ ވަކީލުންނާއި އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިފައިވާކަމަށެވެ.

މީގެކުރިންވެސް ބައްދަލުވުން ހަމަޖައްސައިދީ ޖަލަށް ވަޑައިގަތުމުން، ބައްދަލުކުރެވޭނެކަމަށް އެފަރާތުގެ ޤާނޫނީ ވަކީލުނަނަށް މި ސަރވިސްއިން އެދިފައިވާކަނެކަމަށް ކަރެކްޝަން އިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް