ކައުންސިލް އިންތިޚާބުން އިތުރު ތިން ކެނޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސްއިން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުން ހުޅުވާލުމާއި ގުޅިގެން އިތުރު ތިން ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.
އެކޮމިޝަނުން ވިދާޅުވި ގޮތުގައި މިފުރުޞަތުގައި ނަން އަނބުރާ ގެންގޮސްފައިވަނީ، ބ. ކުޑަރިކިލު ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 15 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް، މުޙައްމަދު ޙަސަންއާއި، ޅ. ހިންނަވަރު ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 13 ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، ނިޝާން ޢަބްދުލްވައްހާބާއި، ތ. ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލެއްވި، ކެންޑިޑޭޓް ނަންބަރު 6 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ރަޢުދާ ޢަބްދުﷲ އެވެ.
މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ 3 ކެނޑިޑޭޓުންވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.



