ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ރައީސުލްޖުމްހޫރިޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް)ގެ 4 މެންބަރުންގެ މަޤާމު ހުސްވެފައިވާތީ
ޤާނޫނުގައިވާ ގޮތުގެމަތިން އެކޮމިޝަނަށް 4 މެންބަރުން ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ފަރާތްތަކުގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި، މިއަދު ވަނީ މަޖިލީހުގެ ޖެންޑާ ކޮމެޓީއަށް ފޮނުވާފައެވެ.
އެޗްއާރްސީއެމްގެ ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކަކީ:
1. މަރްޔަމް ލައިޒާ / ހ. ފެހި އާލާ
2. އިބްރާހީމް ޒާހިދު / ލިލީމާގެ، ގދ.ވާދޫ
3. ޑރ. އަހްމަދު އަދުހަމް އަބްދުالله / މއ. މާވެޔޮގެ
4. އާމިނަތު ޝިފާޢަތު އަބްދުއްރައްޒާގް / ޑޯރެންސީވިލާ، ސ.ފޭދޫ
5. ހުސައިން އަމްރު / ވ. ރޯޝަން
6. މުއުމިނާ ވަހީދު / މ. ޖިއެނާ
7. އަޒްލީމާ އަހްމަދު / ދަފްތަރު ނަންބަރު ރސ 94-341
8. މުހައްމަދު ފައުޒީ ބަހާރުމާގެ / ގއ. ވިލިނގިލި.
އެ ފަރާތްތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، މި މަހުގެ 26 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމުގެ ފުރުސަތު ވަނީ މަޖިލީހުން ހުޅުވާލައިފައެވެ.




