މެސީއަށް ނޫނެކޭ ބުނާނެ ކޯޗެއް ހުންނާނެތަ؟: ޓުޗެލް

ބާސެލޯނާގެ ތަރި ލިއޮނަލް މެސީއަށް އެއްވެސް ކޯޗަކު ނޫނެކޭ ނުބުނާނެކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މެސީ ބާސެލޯނާ ދޫކޮށްލާ އުޅޭ ވާހަކަތައް ގަދަވެފައިވާ މިދުވަސްވަރުގައި މެސީ ފަދަ ކުޅުންތެރިއަކަށް ޚަރަދު ކުރުމުގެ ޤާބިލުކަށްހުރި ޓީމަކީ ފްރާންސްގެ ޕީއެސްޖީކަމަށް ގިނަ ރިޕޯރޓްތައް ބުނެއެވެ.

އެގޮތުން މެސީއާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެމުން ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ، މެސީއަށް އަބަދުވެސް ޕީއެސްޖީއިން މަރުޙަބާ ކިޔާނެކަމަށާއި، މެސީ ބޭނުންނުވާނެ ކޯޗެއް ނުހުންނާނެކަމަށެވެ.

"މެސީއަށް ނޫނެކޭ ބުނާނެ ކޯޗެއް ހުންނާނެތަ؟" ޓުޗެލް ބުންޏެވެ.

ނަމަވެސް މެސީ ބާސެލޯނާ ދޫކޮށްނުލާނެކަމަށާއި، މެސީއަކީ މިސްޓަރ ބާސެލޯނާކަމަށްވެސް ޓުޗެލް ބުންޏެވެ.

މީގެއިތުރުން މިސީޒަންގައި ޕީއެސްޖީގެ މުހިންމު ކުޅުންތެރިންތަކެއް ގެއްލިފައިވާކަމަށާއި، އަންނަ ސީޒަންއަށް ޓީމު ވަރުގަދަ ކުރަން ކުރިއަށް ޓްރާންސްފާ ވިންޑޯގެ ބޭނުން ހިފަންޖެހޭކަމަށްވެސް ޓުޗެލް ބުންޏެވެ. އަދި މިސީޒަންއަށްފަހު ތިއާގޯ ސިލްވާއާއި ޗޮޕޮމޯޓިން ޕީއެސްޖީއަށް ގެއްލޭނެކަންވެސް ޓުޗެލްވަނީ ފާހަގަކޮށްފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށް ރޭ ކުޅުނު ފައިނަލް މެޗުން ޕީއެސްޖީ ދަށްވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޕީއެސްޖީއަށް ކުރިން ކުޅުނު ކިންގްސްލޭ ކޯމަންއެވެ. ޖޯޝުއާ ކިމިޗް ނަގައިިދިން ހުރަހަކުން ކުރިން ކޯމަން މިލަނޑު ޖަހާފައިވަނީ ބޮލުންނެވެ. މި ލަނޑަކީ ބަޔާން އިން ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 500 ވަނަ ލަނޑެވެ.

10 މެޗުން ޖެހި 15 ލަނޑާއެކު މިސީޒަންގެ ރަންބޫޓް ގެންގޮސްފައިވަނީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަރި ރޮބާޓް ލެވެންޑޯސްކީއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ