ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު: މައުމޫން

ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމާއި ގުޅޭ ބަހުސް އަނެއްކާވެސް ގަދަވެފައި ވަނިކޮށް ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ބޭއްވި އާންމު އިންތިހާބައް ރިއާޔަތްކޮށް ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ، 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ރިޔާސީ ނިޒާމަކުން ވެރިކަން ހިނގުމަށް ކަމަށެވެ.

ވެރިކަމުގެ ނިޒާމާއި ގުޅޭ ބަހުސްގެ އަޑު ގަދަވެ ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހުށަހަޅުއްވައިފައެވެ.

އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅެއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ