ކޮވިޑް-19 ގައި ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ވައްކަން ކޮށްގެން ވެންޓިލޭޓަރުތަކެއް ހޯދާފައެއް ނޯންނާނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓަރު ކަމުންް އަމީން މިހާރު އެކަހެރިވެވަޑައިގަންފައިވާއިރު، އަމީން މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުންނެވެ.
އަމީން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ހޯދަންޖެހޭ ވެންޓިލޭޓަރުތައް ހޯދުމަށް މަސައްކުރިއިރު ގައުމު އޮތް ހާލަތުން ރާއްޖެއަށް އެތަކެތި ހޯދުމަށް ކުރިމަތިވި ގޮންޖެހުންތަކާއި، އޭރު ދުނިޔޭގެ އެހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި، ކާރުހާނާތައް ބަންދުކޮށްފައިވާ ދުވަސްވަރެއްކަމުން ރާއްޖެއޮތީ އާއްމު ހާލަތެއްގައި ނޫންކަމަށެވެ.
އަމީން ވިދާޅުވީ މި ހާލަތު އޮތުމާއެކު ޑަބްލިއުއެޗްއޯއިން ލިބުނު މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެމެޖެންސީ އައިސީޔޫ ފެސިލީޓީއަކަށް ބޭނުންވާ 200 އެނދާއި 200 ވެންޓިލޭޓަރ ހޯދުމަށް ރައީސް އޮފީހުގެ ޕޮލިސީ ގްރޫޕްގެ ބޭފުޅުން މަޝްވަރާކޮށް ނިއްމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމަށެވެ.
ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން، ވެންޓިލޭޓަރ އުފައްދާ ކުންފުނިތައް މަދުވުމުގެ ސަބަބުން އެ ތަކެތި ހޯދުމަށް ގޮންޖެހުންތަކާއި ކުރިމަތިވިކަމަށް އަމީން ވިދާޅުވިއެވެ. އެހެންކަމުން މިނިސްޓްރީން ކުރި މަސެއްކަތުން 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް އެގޮތަށް އިރުޝާދު ދީފައިވާތީކަމަށެވެ. ނަމަވެސް އެ ކުންފުނިންވެސް އެތަކެތި ނުލިބިދާނެކަމުގެ ހާސްކަން އޮތުމާއެކު، އެކަން ކުރީ ބޭނުންވާތަކެތި ހޯދުމަށް މަސައްކަތްކުރީ އެންމެ އަވަހަށް އެތަކި ހޯދުމަށް ކަމަށް އަމީން ވިދާޅުވިއެވެ.
އަދި ޖަމިއްޔާއާ އެކުގައި ބޭއްވި އެއްވެސް މަޝްވަރާ ބައްދަލުވުމަކީ ސިއްރު ބައްދަލުވުންތަކެއް ކަމަށް އޮޑިޓު އޮފީހުގައި ބުނިނަމަވެސް، ބައްދަލުވުންތަކެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ. އަދި ވެންޓިލޭޓަރތައް ހޯދުމަށް މުއާމަލާތްކުރީ، އަމީންގެ ރަސްމީ އީމެއިލް އިން ކަމަށާއި އަދި ޑަބްލިއުއެޗް ވެސް މުއާމަލާތް ކުރީ އެތަނުގެ މަވައްޒަފުންގެ ރަސްމީ އީމެއިލް އިންކަމަށެވެ.
އަދި އެކަމުގައި އިޖުރާއީ ގޮތުންނާއި އިދާރީ ގޮތުން މައްސަލަތަކެއް ހުރިކަން މިހާރު ފާހަގަވެފައިވީ ނަމަވެސް، މިކަމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ނުނީ ވައްކަމެއް ކުރުމުގެ ނިޔަތުގައި އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައިވާ ނުވާކަމަށް އަމީން ވިދާލުވިއެވެ.
"މިނިސްޓްރީން އިޖުރާއަތައް ފުރިހަމަކުރުމަށާއި، އެ ހާލަތުގައި ކަންކަން ކުރުމަށްޓަކައި ރަނގަޅުނިޔަތުގައި މަސައްކަތް ކުރުވިފައިވާކަމަށް އަޅުގަނޑު ގަބޫލުކުރަން. އޭގެ ތެރޭގައި އިދާރީގޮތުން ނުވަތަ އިޖުރާއަތުގެ ތެރެއިން ކަމެއް އުނިވެފައިވާނަމަ، ނުވަތަ ގަސްތުގައި މީހަކު ކަމެއް ކޮށްފައިވާނަމަ، ތަހުޤީގެއް ހިނގާނިމުނީމާ އެކަށް ކަށަވަރުވާނެ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން، އަމީން ވިދާޅުވީ، ވަކިމީހަކަށް މަންފާއެއް ހޯދުމަށް، ވަކި މީހަކަށް ނާޖާއިޒް ފައިދާ ހޮދުމަށް އޮޅުވާލައިގެން ވައްކަމެއްގެ ގޮތުގައި ވެންޓިލޭޓަރ ތަކެއް ހޯދުމަށް މަސައްކަތް ކޮށްފައިނުވާނެކަން ކަށަވަރުކޮށް ބުނެވިދާނެކަމަށެވެ.