ދިޔާނާ ޣައްސާނަށް: ތިއުޅުއްވަނީ ރައީސް މަޢުމޫންގެ އާލާސްކަންފުޅާއި ގުޅިގެން ސިޔާސީ ފައިދާނަގަން

ރައީސް މަޢުމޫން ޢަބްދުއްޤައްޔޫމްގެ ދަރިކަލުން އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މަޢުމޫން އުޅުއްވަނީ ރައީސް މަޢުމޫން ޢަބްދުއްޤައްޔޫމްގެ އާލާސްކަންފުޅާއި ގުޅިގެން ސިޔާސީ ފައިދާނަގަން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޤާނޫނީ ވަކީލު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ ސައީދު މޮިހެން ވިދާޅުވެފައި ވަނީ، ރައީސް މައުމޫން ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރައީސް މަޢުމޫން ފަސްދާނުލެއްވުމުގެ ކުރިން ނަންގަވާފައިވާ ދަރަނި ދެއްކެވުމަށް، ޣައްސާންގެ އަރިހުން، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އެދިލެއްވުމާއި ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ޖާބިރު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ރެކޯޑިންގ އާއެކު ކުރެއްވި ޓްވީޓެއްގައި ޣައްސާން މަޢުމޫން ވިދާޅުވީ، ޖާބިރު މަޖިލިސް ތެރޭގައި ކިޔުއްވާ އެއްޗެހި ސަމާސާ ކަމަށް ހީފުޅުކުރެއްވި ކަމަށާއި، ނަމަވެސް އާއިލާއަށް ދިމާވި ހާސްކަމުގެ ވަގުތު ޖާބިރުގެ ހިތުގެ ހަޤީޤީ ކުލަވަރު ދައްކާލާފައިވާ ކަމަށެވެ.

ޖާބިރުގެ އޯޑިއޯ ރެކޯޑިންގައި ބުނެފައިވަނީ “އާދެ ޣައްސާން އަޅުގަނޑު ޖާބިރު އިނގޭތޯ. ބައްޕަ ކޮވިޑް ޖެހުނު ވާހަކަ އަޑުއެހިން. އަޅުގަނޑު ހިތާމަކުރަން އިނގޭތޯ. ކިނބިގަސްދަށުގެ ރަޖިސްޓްރީ ދޭންވާނީ އިނގޭތޯ އޭނާ ބައްޕަ ވަޅުލުމުގެ ކުރީގައި އެކަންކަން ހަމަޖައްސަވަން ވާނެ. ސުބްހާނަﷲ. މަނިކުފާނު ވިދާޅުވީ ބައްޕަގެ ދަރަންޏަކީ ތިމަންނަ ޒިންމާއުފުލަންޖެހޭ އެއްޗެއް ނޫނޭ. ރާއްޖޭގެ ވެރިކަމަށް އަންނަންތާ ތިއުޅެނީ. މަޢުމޫން ޢަބްދުލްޤައްޔޫމަށް ކޮވިޑް ޖެހިއްޖެކަމުގެ ޚަބަރުތައް އަޅުގަނޑު މި އަޑުއަހަމުންދަނީ. މަނިކުފާނު ހަނދާން ބަހައްޓައްޗޭ ތަރިކަ މުދަލުން އަޅުގަނޑުގެ ހައްޤު ދޭންވާން. އޮނަތިރީސް (29) މިލިއަން ބައްޕަ ނަގާފައިހުރީ. އެވާހަކަ ހަނދުމަފުޅު ކޮށްދެއްވައްޗޭ." އެވެ.

ޣައްސާން ގެ ޓްވީޓަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ، ރައީސް މައުމޫން އަށް ކޮވިޑް-19 ގެ އާލާސްކަންފުޅު ޖެހުނު ހަބަރު އަޑުއެހީ ފުން ހިތާމަޔާ އެކު ކަމަށާއި އަވަސް ޝިފާޔަށް އެދި ދުއާ ދަންނަވާ ކަމަށެވެ. އަދި ޣައްސާން މަޢުމޫން އަށް ދަންނަވަން ދޮށީ އުމުރުފުޅުގައި އަދި އާލާސްކަން ފުޅުގައި ބައްޕަ ޖަލުގައި ބަންދުކޮށް ޣައްސާން މެން އަނިޔާ ދެމުން ދިޔައިރު ދިފާއުގައި ނިކުމެތިބީ ހުދު އަޅުގަނޑުމެން ކަމަށާއި ޣައްސާން ހުންނެވީ ސިޔާސީ ފައިދާ އޮތް އަތައް ކަމަށާއި އެ ލައްގަނޑު ނުފިލާނެ ކަމަށެވެ.

އަދި ހާލަތާ އެކަށޭނަ ނުވާ ގޮތައް މީހަކު ބުނި އެއްޗެއް "ބޮޑު މަގަށް" ނެރެ އާއްމު ކޮށްގެން ރާއީސް މައުމޫންގެ އާލާސްކަންފުޅުން ސިޔާސީ ފައިދާ ނަންގަވަން ޣައްސާން މިހާރު ތި އުޅުއްވާ އުޅުއްވުމަކީވެސް ހުތުރުކަން ވަކި ކުޑަ އަމަލެއް ނޫން ކަމަށާއި ތިޔަބުނާ މުއާމަލާތުގަ މައުމޫން އަޅުގަނޑާ ދެއްކެވި ވާހަކަފުޅުތައް ވެސް އެބަހުރި ކަމަށާއި ދިރިތިބި ބައިވަރު ހެކިންވެސް އެބަތިބި ކަމަށެވެ. ނަމަވެސް ކޮންމެ ވާހަކަޔަކަށްވެސް ވަގުތާ ހާލަތާ އެކަށޭނަ ތަނަކާ ގޮތެއް އޮންނާނެ ކަމަށާއި ޕްރައިވެޓްކޮށް ދެއްކިފަ ހުރި ވާހަކައަކަށް ވުމުން އެވާހަކަ އެހުރީ ޕްރައިވެޓް ކޮށް ކަމަށައި ޓްވިޓާ އަކީ ހައްލެއް ނޫން ކަމަށް ދިޔާނާ ވިދާޅުވިއެވެ.

 

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ނ

    މިކަމަނާގެ ފިރިކަލުންގެ ސަބަބުން ލަދުގަނެއްޖެ . ރައްޔިތުންގެ ކުރިމަތީއެއްވެސް އަގެއްހުރިމީހެއްނޫން ތިޖާބިރަކީ . މައްސަލައަކަށްތިވީ ޖާބިރުގެ އޯޑިޔޯ ލީކްކޮއްގެން . ބަލި ހާލަތުގަ ހުރިމީހަކަށް މަރުވުމުގެ ކުރިން ފައިސާދައްކާ ގެއެއްގެ ރަޖިސްޓަރ ދޭން ހަދާކޮށެއް ނުދޭނެ އިންސާނިއްޔަތުކަމެއް ހުރި މީހަކު ޑީގުރޭޑްގެ ދެމަފިރިން . ޑުރާމާކުޅުންނޫން ކަމެއް ކުރާކަށްނޭގޭ . ބޮޑުވަރު .

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ