ވިހި ބުރިޔަށް ހެދުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އައު އިމާރާތް އެޅުމަށް އެފްއޭއެމްގެ ހިންގުން އެހެން އިމާރާތަކަށް ބަދަލުކޮށްފިއެވެ.
އެފްއޭއެމްގެ އޮފިޝަލް ފޭސްބުކު ޕޭޖު މެދުވެރިކޮށް އެކަން ހާމަކޮށްފައިވާއިރު، އެ އެސޯސިއޭޝަނުން ހިންގުން ޗާންދަނީ މަގު ސޮނީ ސްޕޯޓްސް ކުރިމަތީގައި ހުންނަ އިމާރާތަށް ބަދަލުކޮށްފައިވާކަމަށް އެޕޯސްޓްގައިވަނީ ބުނެފައެވެ.
އެފްއޭއެމްގެ އިމާރާތް ވިހި ބުރިއަށް ނެގުމަށް ހަވާލުކޮށްފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާއެވެ. ވިހި ބުރިޔަށް އެފްއޭއެމްގެ އިމާރާތް ހެދުމުގެ އިތުރުން ދެން މި އެއްބަސްވުމުގެ ދަށުން އެފްއޭއެމް އިމާރާތް 20 ބުރިއަށް ނެގުމުގެ އިތުރުންވެސް މުހިންމު މަޝްރޫޢުތަކެއްވެއެވެ. އޭގެ ތެރޭގައި ހިއްކި ބިން ސަރަހައްދު (ޓާރފް ދަނޑު ފަހަތުގައި އޮންނަ ވެލި ދަނޑު) ގައި ހަތަރު ބުރީގެ ފުޓްސެލް ދަނޑަކާއި، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި 20 އާޓިފިޝަލް ވިނަ ދަނޑު އެޅުން ހިމެނެއެވެ.
⚠️ Attention ladies and gentlemen ⚠️?️ We have moved our office to a new location! From now on our office will be located in Ma. Oliveena, infront of Sonee Sports, Chaandhanee Magu!
Posted by Football Association of Maldives on Monday, August 24, 2020
ހިއްކި ބިން ސަރަހައްދުގައި އަޅާ 17000 އަކަފޫޓުގެ ބިމުގައި ހަތަރު ބުރީގެ ފުޓްސަލް އެރީނާ އަޅާއިރު އޭގެ ތެރޭގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްސަލް އެރީނާއެއް އަޅާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. މި އިމާރާތުގެ އަނެއް ބުރި ޓްރެއިނިން އަށް ހާއްސަކުރާއިރު އާމްދަނީ ހޯދުމަށް އަނެއް ދެބުރި ބޭނުންކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.
އަދި މި ޕްރޮޖެކްޓަށް ހޭދަވާނެ ކަމަށް އެފްއޭއެމްއިން ލަފާކޮށްފައިވާ 17 މިލިއަން ޑޮލަރުގެ ލޯނު އަދާ ކުރާނީ، އިމާރާތް ބޭނުން ކުރަން ފަށާތާ ހަތް އަހަރުގެ ތެރޭ އިންސްޓޯލްމެންޓަށް ބަހާލައިގެން ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.
20 ބުރީގެ އާ އިމާރާތް އަޅަނީ މިހާރު ވެސް އެފްއޭއެމް ހައުސް ހުރި ބިމުގަ އެވެ.
މިދިޔަ މާރޗްމަހު މިއެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އައު އިމާރާތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެ އިމާރާތުގައި އެންމެ ޒަމާނީ ފެންވަރުގެ ޖިމެއްގެ ޚިދުމަތާއި މެޑިކަލް ވަސީލަތްތަކުގެ އިތުރުން ގައުމީ ޓީމުތައް ކޭމްޕް ކުރެވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ގާއިމު ކުރުމަށްވެސް ނިންމާފައިވެއެވެ.



