މާލޭގައި މަގެއްމަތިން ފިރިހެނަކު ދެ އަންހެނުންނަށް ހަމަލާ ދޭ ވީޑިއޯއެއް އާންމު ވެއްޖެއެވެ.
މީސް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ، މާލޭ މަގެއްގެ ޕޭވްމަންޓްމަތިން ހިނގާފައިދާ ދެ އަންހެނުންނަށް ފިރިހެނަކު ހަމަލާ ދޭ މަންޒަރެވެ. އެ ދެ އަންހެނުންގެ އަތުގައި ހިފާ މަގުމައްޗަށް ދެމީހުންވެސް ވައްޓާލާ މަންޒަރު ފެންނައިރު، އެތަނުން އެއް އަންހެނެއްގައި ގައިގާ އެ ފިރިހެންމީހާ ކޮޅު ފައިންޖަހާ މަންޒަރުވެސް މިވީޑިއޯއިން ފެނެއެވެ.
?#Breaking: Mirey Maaveyo Magugai Firihenaku Anhenakah Hamalaa Dhee Maraamaari Hingaifi
Posted by The Logical Maldivian on Wednesday, August 26, 2020
މިއީ ކޮންއިރަކު ހިނގި ހާދިސާއެއްކަން ޔަޤީން ނުވިނަމަވެސް، މިހާދިސާ ހިނގާފައިވަނީ މިރޭކަމަށާއި، އަދި މިއީ މާލޭ މާވެޔޮމަގުގައި ހިނގި ހާދިސާއެއްކަމަށް މިވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވެއެވެ. އަދި މަގުމަތިން ފެންނަ ބައެއް މީހުން މާސްކް އަޅާފައި ހުރުމުން މިއީ ވަރަށް ފަހުން ހިނގާފައިވާ ހާދިސާއެއްކަން އެނގެއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.



