މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ޕޯލް ޕޮގްބާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އަދި އަންނަ މަހު ފްރާންސުން ނޭޝަންސް ލީގުގައި ކުޅެން އޮތް މެޗުތަކުގެ ސްކޮޑުންވެސް ޕޮގްބާ މިހާރުވަނީ ބާކީ ކޮށްފައެވެ. އަދި ޕޮގްބާގެ ބަދަލުގައި ފްރާންސްގެ ސްކޮޑުން ޖާގަ ދިނީ އުމުރުން 17 އަހަރުގެ ޒުވާން ކުޅުންވެރިޔާ އެޑުއާޑޯ ކަމަވިންގާއަށެވެ. އުމުރުން 27 އަހަރުގެ ޕޮގްބާ ކޮވިޑަށް ޕޮޒިޓިވްކަން ޔުނައިޓެޑުންވެސް ހާމަކޮށްފައިވާއިރު، އެކްލަބުންވަނީ ޕޮގްބާއަށް އަވަސް ޝިފާއަކަށް އެދިފައެވެ.
Everyone at #MUFC wishes @PaulPogba a safe and speedy recovery after testing positive for COVID-19 ❤️ pic.twitter.com/j0PJIiSheH
— Manchester United (@ManUtd) August 27, 2020
ޕޮގްބާގެ އިތުރުން ފްރާންސްގެ އިތުރު ކުޅުންތެރިއަކު ވެސްވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އެ ކުޅުންތެރިއަކީ ޓޮޓަންހަމަށް ކުޅެމުން އަންނަ ޓެންގުއޭ އެންޑޮމްބަލޭ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.
ޕޮގްބާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން 14 ދުވަހުގެ ކަރަންޓީނުގައި މަޑުކުރަން ޖެހޭނެއެވެ. އަދި ސީޒަން ފެށުމުގެ ކުރިއަށް މެންޗެސްޓާރ ޔުނައިޓެޑުން ކުރިއަށް ގެންދާ ފަރިތަކުރުންތަކުގައި އޭނާއަށް ބައިވެރި ނުވެވޭނެއެވެ.
ޔޫއެފާއިން އިންތިޒާމުކޮށްގެން ބާއްވާ ނޭޝަންސް ކަޕުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ. ފްރާންސް ގްރޫޕް ސީ ގައި ހިމެނޭއިރު، ފްރާންސްގެ އިތުރުން މިގްރޫޕްގައި ދެން ހިމެނެނީ ކޮރޭޝިއާ އަދި ޕޯޗުގަލްގެ އިތުރުން ސްވިޑެންއެވެ. ފްރާންސުން ފުރަތަމަ މެޗުގައި ސްވިޑަންއާއި ދެކޮޅަށް ނުކުންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.



