މިއަހަރު ނިމުމުގެ ކުރިން ވެކްސިންއެއް ލިބޭކަމުގެ ވައުދު ޓްރަމްޕް ވެއްޖެ

މިއަހަރު ނިމުމުގެ ކުރިން ކޮވިޑް-19 އަށް ވެކްސިން އެއް ލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސަފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

"ފުރާނަ ސަލާމަތް ކުރާނެ ތެރަޕީ އަދި ކޮވިޑް-19 އަށް ވެކްސިން އެއް މިއަހަރު ނިމުމުގެ ކުރިން އުފައްދާނަން. ނޫނީ އެއަށްވުރެ އަވަހަށް ވެސް ލިބިދާނެ." ޓްރަމްޕް ބުނެފައި ވެއެވެ.

ޓްރަމްޕް އިތުރަށް ބުނެފައިވަނީ ރައްކާތެރި އަދި ކޮވިޑް-19 އަށް ރަނގަޅު ވެކްސިން އެއް މިއަހަރު ލިބޭނެ ކަމަށާއި އަދި ކޮރޯނާ ވައިރަސް ނައްތާލެވޭނެ ކަމަށެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލައިލާއިރު، އެމެރިކާގައި ކޮވިޑް-19 އަށް 5.88 މިލިއަން މީހަކުވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 176,617 މީހުން އެމެރިކާގައި މަރުވެފައިވާއިރު، ފަރުވާކުރެވި ބަލިން ރަނގަޅުވެފައިވަނީ 3,347,940 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ