އަލްހާން ފަހުމީ ޕީޕީއެމްގެ ރިޔާސީ ކެމްޕއިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ : އަވަސް

އަޅުގަނޑުގެ މޭޔަރުކަމުގައި ސިޔާސީ ހަރަކާތުގެ ނަމުގައި އާންމު އުނދަގޫ ކުރާކަށް ޖާގައެއް ނުދޭނަން - އަލްހާން

އަޅުގަނޑުގެ މޭޔަރުކަމުގައި ސިޔާސީ ހަރަކާތުގެ ނަމުގައި އާންމު އުނދަގޫ ކުރާކަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ޖާގައެއް ނުދޭނަން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސްް އަދި މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އިޙުތިޖާޖު ކުރުމުގެ ގޮތުން ރާއްޖެ ވިއްކާލުމާއި ދެކޮޅަށް މިއަދު ސައިކަލް ބުރެއް ކުރިއަށް ގެންދަމުނދާއިރު މިކަމާއި ގުޅިގެން އަލްހާނު ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމް އިން މަގުތަކުގައި މުޒާހަރާ ކުރަން ނުކުތުން ކުށްވެރިކުރާކަމަށެވެ.

"އަޅުގަނޑުގެ މޭޔަރުކަމުގައި މާލޭ ރައްޔިތުންގެ ދިރިއުޅުމުގެ އަމާންކަންގެއްލި، ސިއްހަތަށް ނުރައްކާ ވާގޮތަށް ސިޔާސީ ހަރަކާތުގެ ނަމުގައި އާންމު އުނދަގޫ ކުރާކަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ޖާގައެއް ނުދޭނަން!" އަލްހާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ވިދާޅުވެފައިވަނީ މި އިޙުތިޖާޖުގައި ނިކުންނަނީ ދީނާއި، ޤައުމާއި އަދި އިޤްތިޞާދު ހިމާޔަތް ކުރަން ކަމަށްށެވެ. މި އިޙުތިޖާޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ބައިވެރިވެފައެވެ.
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ނުރަބޯ

    މިހާރުވެސް ތިޔަހަރީ ރީނދޫ ފަޅިއަށް ޖެހިފަ، އަދި ތިޔަ އުޅެނީ މޭޔަރ ކަމާ ކައިރިއަށްވެސް ނާދެވިގެން. ދެން ކަލެއަށް މޭޔަރ ކަން ލިބިއްޖެއްޔާ ވަގުތުން ކަލޭ ބަދަލުވާނީ ރީނދޫ ޕަޕެޓަކަށްނު….؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ