މިދަނޑިވަޅުގައި ސިޔާސީ ޙަރަކާތްތައް މިއަށްވުރެ ޒިންމާދާރުކުރުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ގޮވާލައްވައިފިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު، ބަލިން ރައްކާތެރިވުމަށް ސަރުކާރުން އެތަކެއް ފިޔަވަޅުތަކެއް އަޅަމުންދާ މިދަނޑިވަޅުގައި އިދިކޮޅުން އެތަށްބަޔަކު އެއްތަނަކަށް އެއްވެ މުޒާހަރާ ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މަޙްލޫފް ވިދާޅުވީ، ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތައް ވަރުބަލިވެ ވެއްޓެންދެން މަސައްކަތްކުރާތާ މިހާރު 7 މަސްވެފައިވާކަމަށެވެ.
އަދި ތަނަކަށް އެއްވާ ހިތްވަންޔާ ރައީސް ޔާމީން ވިދާޅުވި ގޮތަށް ޙައްޖަށް ނުދިޔަނަމަވެސް، ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގައި މުޒާހަރާކޮށް އެއްވެ އުޅެންވީކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
Thanthanah evvaa hivvanyaa Raees Yameen vidhaalhuvigothah Hajja nudhiyas, muzaaharaakoh evve ulhenvee eve.
Doctarun,Naruhun & frontline ga masahkaiy kuraa faraaiythah varubalive vettendhen masahkaiy kuraathaa 7 mas vee eve.
Siyaasee harakaaiy zimmaadhaaru kamaaeku hingaasheve.
— Ahmed Mahloof (@AhmedMahloof) August 28, 2020
މަހްލޫފް މިހެން ވިދާޅުވެފައިވާއިރު، ރާއްޖެ ވިއްކާލުމާއި ދެކޮޅަށް އިދިކޮޅުންވަނީ ރާއްޖޭގެ ބައެއް ރަށްތަކުގައި ސިޔާސީ ޙަރަކާތެއް ހިންގާފައެވެ. ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި މިސަރުކާރުން ކުރަމުންދާ ވައްކަމާއި ދެކޮޅަށްވެސް އަޑުއުފުލާފައިވާއިރު، ސަރުކާރު ފެއިލްވެއްޖެކަމަށް ގޮވާލާ، މިސަރުކާރު އިސްތިއުފާ ދިނުމަށްވެސް އިދިކޮޅުންވެސްވަނީ ގޮވާލާފައެވެ.
އިދިކޮޅުގެ މިޙަރަކާތާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއ، އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




