ބޭނުންވި ނަމަވެސް ލިވަޕޫލަށް މެސީ ގެންނާނެ ފުރަޞަތެއް ނެތް: ކްލޮޕް

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ލިވަޕޫލަށް ގެންނަން ކިތަށްމެ ބޭނުންވި ނަމަވެސް އެކަމަށް ފުރަޞަތެއް ނެތްކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

މާދަމާ ރޭ ކުޅުމަށް ހަމަށްޖެހިފައިވާ ކޮމިއުނިޓީ ޝީލްޑް މެޗުގެ ކުރިން ނޫސްވެރިންނަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ކްލޮޕް ބުނީ، އޭނާވެސް މެސީ ބޭނުންކަމަށެވެ. އަދި މެސީ ޓީމުގައި ހިމަނަށް ބޭނުންނުވާނީ ކާކުތޯކަމަށްވެސް ކްލޮޕްވަނީ ސުވާލުކޮށްފައެވެ.

ކްލޮޕް ބުނީ، މެސީގެ އަގުގެގޮތުގައި ކިޔާ އަގަކީ ލިވަޕޫލަށް އެކަށީގެންވާ އަގެއްވާ އަގެއްނޫންކަމަށާއި، އެހެންކަމުން މެސީ ގެނައުމާމެދު އެއްވެސް ވަރަކަށް ނުވިސްނާކަމަށެވެ. އަދި މެސީ ހުނަރުވެރި މޮޅު ކުޅުންތެރިއެއްކަމަށާއި، ކިތަށްމެ ބޭނުންވިނަމަވެސް މެސީ ގެނައުމުގެ ފުރުޞަތެއް ލިވަޕޫލަށް ނެތްކަމަށްވެސް ކްލޮޕް ބުންޏެވެ.

މެސީގެ ރިލީސް ކްލޯސްއަކީ 700 މިލިއަން ޔޫރޯއެވެ. ބާސެލޯނާއާއެކު މެސީ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުގެ ޖޫން 30 ގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްބަސްވުން އާ ނުކުރެވިއްޖެނަމަ އަންނަ އަހަރު ފްރީ އެޖެންޓެއްގެ ގޮތުގައި މެސީއަށް އެހެން ކްލަބަކަށް ބަދަލުވެވޭނެއެވެ.

އަދި މެސީ މެންޗެސްޓާރ ސިޓީއަށް ބަދަލުވާން އުޅޭ ވާހަކަތަކާއި ގުޅިގެން ކްލޮޕް ބުނީ، މެސީ ސިޓީއަށް ބަދަލުވެއްޖެނަމަ އެތަށް ގޮތަކުން ސިޓީއަށް ފައިދާކުރާނެކަމަށެވެ. އަދި ސިޓީއަކީ މިހާރުވެސް ވަރުގަދަ ކްލަބެއް ކަމަށާއި މެސީއާއެކު ސިޓީ އިތުރަށް ވަރުގަދަވާއިރު، އެޓީމު ބަލިކުރުން ވަރަށް އުނދަގޫވާނެކަމަށްވެސް އޭނާ ބުންޏެވެ.

މެސީ ބާސެލޯނާ ދޫކޮށްލާނެކަމަށް ކްލޮޕް އަދިވެސް ޤަބޫލުނުކުރާއިރު، ކްލޮޕް ބުނީ ޕްރިމިއާ ލީގަކީ މިހާރުވެސް ފޯރިގަދަ ބަލާ ހިތްވާ ލީގެއްކަމަށްވާއިރު، މެސީ އަތުވެއްޖެނަމަ ލީގު އިތުރަށް ފުރިހަމަވެގެންދާނެކަމަށެވެ. ސްޕެއިން ފިޔަވައި އިތުރު ލީގެއްގައި މެސީ ކުޅެފައިނުވާއިރު، އެހެން ލީގަކުން އޭނާގެ ހުނަރުތައް ދެކިލަން ބޭނުންވާކަމަށްވެސް ކްލޮޕް ބުންޏެވެ. މީގެއިތުރުން ކްލޮޕް ބުނީ ޕްރިމިއާ ލީގަކީ އުނދަގޫ ލީގެއްކަމަށެވެ.

ވޭތުވެދިޔަ 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ އެކްލަބާއެކު އެތަކެއް ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. އަދި މިދުވަސްވަރުގައި އަމިއްލަ އެތަކެއް އެވޯޑުތަކެއް ހޯދައި ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ލިސްޓަށްވަނީ އަރާފައެވެ. އެހެންކަމުން މެސީ ބާސެލޯނާ ދޫކޮށްލާނެކަމަށް އަދިވެސް ގިނަ ބަޔަކު ޤަބޫލެއްނުކުރެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ