އދ. މަހިބަދޫގައި ހިނގި ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިރޭ ފުލުހުން ވިދާޅުވީ, 2019 މެއި 22 ވަނަ ދުވަހު އދ. މަހިބަދޫގައި ހިނގި ވައްކަމެއްގައި ގެއްލުނު 4 ފޯނުގެ ތެރެއިން 3 ފޯނު ފުލުހުންގެ ތަޙްޤީޤުގެ ތެރެއިން ހޯދާފައިވާ ކަމަށެވެ.
"މި މައްސަލައިގައި ފުލުހުން ވަނީ 22 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައި." ފުލުހުން ވިދާޅުވިއެވެ.
22 May 2019 vana dhuvahu ADh.Mahibadhoo gai hingi vakkamehgai gellunu 4 phone ge' therein 3 phone vany fuluhunge' thahqeeq ge' therein hoadhaafai. Mi massalaigai fuluhun vany 22 aharuge’ firihenakaai adhi 26 aharuge’ firiheneh hayyaru kohfai.
— Maldives Police (@PoliceMv) May 23, 2019
ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ވައްކަމުގެ މައްސަލަތައް އިތުރުވާއިރު، އެފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.