ހެންވޭރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ވެއްޖެއެވެ.
އަލިފާން ރޯވެފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ޖެހިގެން ހުރި އިމާރާތުގައެވެ. ފުރަތަމަ އަލިފާން ރޯވެފައި ވަނީ އެ އިމާރާތާއި އާއި ޖެހިގެން ހުރި "ކެފޭ ޓިއޯލޯ" ގައެވެ.

ފުރަތަމަ އަލިފާން ރޯވި ކެފޭގެ އަލިފާންގަނޑު އަލިފާންގަނޑު ނިއްވާލިއިރު، ކެފޭގެ މަތީ ފްލޯ އާއި ތިރީ ފްލޯ އެއްކޮށްވަނި އަނދާ ހުލިވެފައެވެ.

އަކިފާންގަނޑު ނިއްވާލެވިފައި ވަނީ އެމްއެންޑީއެފް އަދި ވެލާނާ އެއާޕޯޓްގެ ފަޔާ ފައިޓަރުން ގުޅިގެން ކުރި މަސައްކަތުންނެވެ.

އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔާ ޓީމު ހަރަކާތްތެރިވެފައި ވާއިރު ގިނަ އަދަދެއްގެ ފަޔާ ވެހިކަލްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވެއެވެ.

އަދިވެސް ދޭތެރެ ދޭތެރޭން އެސްބީއައި އިމާރާތުގެ ޓެރެސްގައި ހުޅުހިފާ ކަމަށް އަލިފާނުގެ ހާދިސާގެ ސަރަހައްދުގައި ހަރަކަތްތެރިވާ މި ނޫހުގެ ރިޕޯޓަރު މައުލުމާތު ދީފައި ވެއެވެ. އަދި އިމަރާތް ހޫނުވުމުގެ ސަބަބުން އިމަރާތުން ދުން އަރަމުން ދެއެވެ.

ނަމަވެސް އަލުން ހުޅުހިފުމާއެކު ފަޔާ ފައިޓަރުން ރޯވާ އަލިފާން ނިއްވާލައެވެ.

މިހަރު ވަނީ ރޯވެފައިވާ އަލިފާން ގަނޑު އެއްކޮށް ކޮންޓްރޯލް ކުރވިފައި. ނަމަވެސް ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދޭ.




