އުދަ އަރާނެ ކަމަށް ލަފާކޮށް، ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

މޫސުން ގޯސްވެ އުދަ އަރާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ ހެނދުނު 10:10 އިން ފެށިގެން މެނދުރު ފަހު 15:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

މިއަދު މުޅިރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށާއި، ނަމަވެސް ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރައްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ރާޅުގެ އުސްމިން 1 ފޫޓައި 3 ފޫޓާއި ދެމެދު ހުންނާނެކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް މަޑުވާނެކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވާއިރު، ވައި ޖެހޭނީ އާއްމުގޮތެއްގައި މަޑުން، އުތުރުގެ އަތޮޅުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށްއިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13  މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ