މިސަރުކާރުން ކިތަންމެ ބިރުދެއްކިޔަސް އިދިކޮޅު ކޯލިޝަންގެ އެއްވެސް ބޭފުޅަކު ބިރުން ފަހަތަކަށް ނުޖެހޭނެ ކަމަށް ޕީއެންސީގެ ރައީސް އަދި ކުރީގެ މަޖިލީސް މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރސިޕްގައި ހިމެނޭ މީހަކުވެސް ކައުންސިލް މެމްބަރަކުވެސް އަދި އާންމު މެންބަރަކުވެސް ނުހުއްޓުވޭނެ ކަމަށެވެ.
އަދުރޭ މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައި މިވަނީ އިއްޔެ އިދިކޮޅު ކޯލިޝަންނުން ބޭއްވި މުޒާހަރާއާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގުމާއި ގުޅިގެންނެވެ.
"ޝުޖާއު އަކީ ބޮޑު ތިލަދުންމަތީގެ ފަހުރުވެރިވާ ދައިރެއް، ފަހަތަކަށް ނުޖެހޭނެ. މިއީ ބަދަހި ޓީމެއް. މީއީ ދިވެހި ޤައުމީ ޓީމް" އަދުރޭ ވިދާޅުވިއެވެ.
Mi sarukaarun kithanme bireh dhehkiyas PPM/PNC ge leadership ga himeney meehakuves council ge menbarakuves adhi aanmu menbarakuves nuhuttuveyne.VP Suja akee bodu thiladhunmatheege fakh’uruveri dhari’eh!fahathakah nujeheyne.mee badhahi teameh.mee Dhivehi gaumee team @DhiyaresNews
— Abdul Raheem Abdulla (@Banafsaa) August 29, 2020
އެޗްޕީއޭގެ އެންގުމާ ހިލާފަށް އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި އެއްވުން ބޭއްވި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.




