ފުލުހުން ހުޅުމާލޭ ގެސްޓްހައުސްތަކުގެ ދޮރުން ދޮރަށް

ހުޅުމާލޭގައި ހިންގަމުންދާ ގެސްޓް ހަައުސްތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ޓޫރިސްޓް ޕޮލިހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މެއި 22 ވަނަ ދުވަހުފެށި މިޕްރޮގްރާމްގެ ތެރެއިން، ހުޅުމާލޭގައި ހިންގަމުންދާ 88 ގެސްޓް ހައުސްއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ.

މިޕްރޮގްރާމްގަައި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް، ގެސްޓްހައުސްތަކުގައި ޤާނޫނީ ގޮތުން ހުރުން ލާޒިމްކުރާ ސަލާމަތީ ވަސީލަތްތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޚާއްޞަ ޕްރޮގްރާމްގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ފުށުން ފެންނަ ދިވެހި ސަޤާފަތާއި ބީރައްޓެހި އަމަލުތައް ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންނާއި، މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ޓޫރިސްޓް ޕޮލިހާއި ގެސްޓު ހައުސްތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވާރާކޮށް މަޢުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މީގެ އިތުރުން މި ޕްރޮގްރާމްގެ ތެރެއިން ޓޫރިސްޓް ޕޮލިސްގެ ޓޯލް- ފްރީ ނަންބަރު 1478 އިޝްތިހާރުކުރުކޮށް، ޓޫރިސްޓް ޕޮލިސްގެ ޚިދުމަތްތަކާއިގުޅޭ މަޢުލޫމާތު ހުޅުމާލެ ގެސްޓްހައިސްތަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ