މުޅި ރާއްޖޭގައި ކޮވިޑް-19 ފަތުރަން ތި ފެށި މަސައްކަތް ވަގުތުން ވަގުތައް ހުއްޓާލާ!: ރޮޒައިނާ

މުޅި ރާއްޖެގައި ކޮވިޑް-19 ފަތުރަން ތި ފެށި މަސައްކަތް ވަގުތުން ވަގުތައް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.

ރޮޒައިނާ އާދަމް މިހެން ވިދާޅުވެފައި ވަނީ ތިނަދޫ އިން ޕޮޒިޓިވްވި މީހާ، މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ތިނަދޫގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ކަމަށް "ސީއެންއެމް" އިން ލިޔެފައިފާ ހަބަރަކަށް ރައްދު ދެއްވަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި މިދިޔަ ހުކުރު ދުވަހު ޕީޕީއެއް އިން ވަނީ އެއްވުންތައް ބާއްވާފައެވެ. ރާއްޖެ ވިއްކާލުމާއި ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދިޔަ މިހަރަކާތުގައި މިސަރުކާރުން ކުރަމުންދާ ވައްކަމާއި ދެކޮޅަށްވެސް އަޑުއުފުލާފައިވާއިރު، ސަރުކާރު ފެއިލްވެއްޖެކަމަށް ގޮވާލާ، މިސަރުކާރު އިސްތިއުފާ ދިނުމަށްވެސް އިދިކޮޅުންވެސްވަނީ ގޮވާލާފައެވެ.

ރޮޒައިނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް އިން މުޅި ރާއްޖޭގައި ކޮވިޑް-19 ފަތުރަން ތި ފެށި މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށާއި ބަޔަކު ސިޔާސީ ބޭނުމަށް ރައްޔިތުން ބަލިމަޑު ކަމެއްގެ ތެރެއަށް ވައްޓާލަން ޖާގަ ދެވިގެން ނުވާނެ ކަމަށެވެ.

ނަމަވެސް، ޕީ.ޕީ.އެމް ތިނަދޫ ގޮފިން ރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ގދ. ތިނަދޫ އިން ކޮވިޑް19 އަށް އިއްޔެ ފައްސިވި ފަރާތަކަކީ މި ގޮފިން އިންތިޒާމްކުރެވި ކުރިއަށް ގެންދިޔަ މުޒާހަރާގައި އެއްވެސް މިންވަރަކަށް ބައިވެރިވެ ވަޑައިގެންފައިވާ ފަރާތެއް ނޫންކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ރައްޔިތުންނަށާއި ގައުމަށް ހެޔޮއެދޭ ބަޔަކު މުޒާހަރާ ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވެސް ވަނީ އިއްޔެ ވިދާލުވެފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ