އޭޑީކޭ ހޮސްޕިޓަލުން، ޕްރިންޓް ކޮށްފައި ހުންނަ ސަރވިސް މެމޯ ދޫކުރުން ހުއްޓާލާ، މެމޯ ޑިޖިޓަލް ކޮށްފިއެވެ.
އޭޑީކޭއިން ވިދާޅުވީ، 01 ސެޕްޓެންބަރު 2020 ފެށިގެން ޕްރިންޓް ކޮއްފައި ހުންނަ ކަރުދާސް ކޮންސަލްޓޭޝަން މެމޯ
ދޫކުރުން ހުއްޓާލާ އެސް އެމް އެސް މެދުވެރިކޮށް ޑިޖިޓަލް މެމޯ ފޮނުވާގޮތަށް ހަމަޖައްސާފައިވާކަމަށެވެ.
އޭޑީކޭއިން، މިދިޔަ އަހަރު މާޗް މަހުން ފެށިގެން ވަނީ، ހޮސްޕިޓަލުން ދޫކުރަމުން އައި ކޮންސަލްޓޭޝަން މެމޯ ރަޖިސްޓްރީ ކޮއްފައިވާ މީހުންގެ މޮބައިލް ނަންބަރުތަކަށް ލިބޭގޮތަށް ހަމަޖައްސާފައެވެ.
އެހެންކަމުން، އޭޑީކޭއިން ހިދުމަތް ހޯއްދަވާ ބޭފުޅުން މި ހޮސްޕިޓަލުގައިރެޖިސްޓްރީ ކުރައްވާފައިވާ މޯބައިލް ނަންބަރަކީ ސައްހަ ނަންބަރުތޯ ބައްލަވާ ޔަގީން ކުރައްވުމަށްވެސް އޭޑީކޭއިން އެދިފައިވެއެވެ.
އޭޑީކޭއިން ޕްރިންޓް ކޮއްފައި ހުންނަ ކަރުދާސް ނުވަތަ ހާޑް ކޮޕީ ދޫކުރުން ހުއްޓާލައިފައި މިވަނީ، ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.




