ރާއްޖެޓީވީ ގެ މައްސަލަ ބްރޯޑްކޮމް އަށް ހުށައަޅައިފި

ރާއްޖެޓީވީ އަށް ނިސްބަތްވާ އެ ޗެނަލްގެ ވެރިފައިޑް "ރާއްޖެޓީވީ ޓުވިޓަރ އެކައުންޓުން" އަލިފާނުގެ ހާދިސާ އާއި ގުޅިގެން ޢާންމުކޮށްފައިވާ ހަބަރަކާއި ގުޅިގެން އެ މައްސަލަ ބްރޯޑްކޮމް އަށް ހުށައަޅައިފިއެވެ.

28 އޮގަސްޓް 2020 ގައި ބޮޑުތަކުރުފާނު މަގުގައި ހުރި އިމާރާތްތަކެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް މި ދަނޑިވަޅުގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދެކޭ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، ރާއްޖެޓީވީ އަށް ނިސްބަތްވާ އެ ޗެނަލްގެ ވެރިފައިޑް "ރާއްޖެޓީވީ ޓުވިޓަރ އެކައުންޓުން" ޢާންމުކޮށްފައިވާ ޚަބަރުގައި ވަނީ " ރާއްޖެ ވިއްކާލަނީ އޭ ކިޔާ ޕީޕީއެމްޕީއެންސީ އިން މުޒާހަރާ ކުރިތާ ގިނައިރު ތަކެއް ނުވެ އެސްބީއައި އާއި ޖެހިގެން ހުރި އިމާތުގައި ރޯވުން" މިހެން ލިޔެ އަލިފާނުގެ ހާދިސާގެ ވީޑިއޯ އެއް ޢާންމުކޮށްފައިވާ ކަމަށާއި މިއީ، ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅުވުމަށް ރާއްޖެޓީވީއިން ނެރެފައިވާ ޚަބަރެއްކަމުގައި ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ވިދާޅުވިއެވެ.

ކޯލިޝަނުން ވިދާޅުވީ، މި ޢަމަލަކީ ޒިންމާދާރު ނޫސްވެރިކަން ކުރުން ކަމަކަށް ކޯލިޝަނުން ނުދެކޭ ކަމަށާއި މި މައްސަލަ ވީއެންމެއަވަހަކަށް ބައްލަވާދެއްވާ، ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާ ކޯލިޝަން ބަދުނާމުކުރުމަށް ގަސްދުގައި ރާއްޖެޓީވީއިން އެކި ގޮތްގޮތުން ކުރަމުންދާ މި ފަދަ މަސައްކަތްތައް ފިޔަވަޅު އަޅާ ދެއްވުމަށެވެ. މި މައްސަލަ ބައްލަވަމުން ދާގޮތް އަންގަވާ ދެއްވުން އެދޭ ކަމަށް ކޯލިޝަނުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ