ވެސްޓައަރ ޝޮޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރެސްކިއު ޓީމު ހަރަކާތްތެރިވަނީ | ފޮޓޯ: ފެށުން

ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެއްޖެ

މާލޭ ސިޓީ، ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެމްއެންޑީއެފް، ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާ އާއި ބެހޭ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 13:08 އެހާއިރު ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ޖަނަވަރީ މަގުގައި އެ ފިހާރަ ހިމެނޭ ސަރަޙައްދު ވަނީ ދުމުން ބޯވެފައެވެ.

މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާއިރު އަލިފާން ރޯވެފައިވަނީ 4 ބުރި އިމާރާތެއްގެ ގްރައުންޑް ފްލޯރ ގައެވެ. މި ފިހާރަ އަކީ އަންނައުނު ވިއްކާ ފިހާރައަކަށް ވާއިރު ފިހާރައިގައި ހުރި މުދާތައްވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އަލިފާންގަނޑު ނިންވާލައިފަ | ފޮޓޯ: ފެށުން

އަލިފާން ރޯވެފައިވަނީ ޖަނަވަރީ މަގާއި މަޖީދީ މަގު ކަންމައްޗަށް ހުންނަ "ވެސްޓައަރ" ނަމަކަށް ކިޔާ ފިހާރައެއްގަ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އޭސީގެ އިންޑޯރ ޔުނިޓްގައި އަލިފާން ރޯވެގެން ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ