ވެރިފަރާތް ހޯދާ ބަބަސްތައް އަދި ފޮށި - ފޮޓޯ: ފުލުހުން

ދަބަސްތަކަކާއި ފޮއްޓެއްގެ ވެރިފަރާތް ހޯދަނީ

ދަބަސްތަކަކާއި ފޮއްޓެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މާލޭ ގެެއެއްގެ ގޯޅިތެރެއިން ވެރިއަކު ނެތް ދެ ދަބަހާއި ފޮޮއްޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތީ، އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

"މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2019 މެއި 15 ވަނަ ދުވަހު މާލޭ ގެއެއްގެ ގޯޅި ތެރެއިން" ފުލުހުން ވިދާޅުވިއެވެ.

ވީމާ މިތަކެތީގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޟިރުވެ، މިތަކެއްޗާއި ހަވާލުވެލެއްވުން ފުލުހުން އެދިލައްވައެވެ.

ދަބަސްތަކަކާއި ފޮށްޓެއްގެ ވެރިފަރާތް ހޯދަން ފުލުހުން ފޮޓޯ އާއްމުކުރިއިރު، ދާދިފަހުން ފުލުހުން ވަނީ ދެބަސްތާ ކާށީގެ ވެރިފަރާތްވެސް ހޯދަން އިއުލާން ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ