ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
އަދުރޭ އަށް ފުލުހަށް ހާޒިރުވާން ޗިޓު ހަވާލުކޮށްފައިވަނީ މާދަމާ 10:00 ޖަހާއިރަށް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.
އިދކޮޅުން މިދިޔަ ހުކުރު ދުވަހު މާލެ އާއި ރާއްޖޭގެ ބައެއް ރަށް ތަކުގައި ވަނީ މުޒާހަރާއެއް ބާއްވައިފައެވެ. މި މުޒާހަރާ އާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ފުލުހަށް ހާޒިރުވުމަށް އަންނަނީ ޗިޓު ހަވާލު ކުރަމުންނެވެ.
އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީއެންސީގެ ނައިބު ރައީސް ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފަ އެވެ.
ކުރީގެ ރައީސް ޑރ. ވަޙީދު މިއަދު 4:00 ޖަހާއިރު ފުލުހަށް ހާޒިރުވާއިރު ސުޖާއު މިރޭ ފުލުހަށް ހާޒިރުވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.




