"ހިޔާ" ފްލެޓް ތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓަގަރީއާއި، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީއާއި، މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކަށް ޚާއްޞަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މައްސަލަބަލާ ކޮމިޓީން ވިދާޅުވީ މި ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓު އޮގަސްޓް 24 ވީ ހޯމަ ދުވަހު އިޢުލާނުކޮށްފައި ވާކަމަށެވެ.

އެހެންކަމުން  24 އޮގަސްޓް އިން ފެށިގެން މިފެށޭ ސެޕްޓެންބަރު މަހުގެ 14 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް އެ ލިސްޓްތަކަށް  https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

"ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެ ކަމަށް މައްސަލަ ބަލާ ކޮމިޓީންް ވިދާޅުވިއެވެ. އަދި ވަގުތީ ލިސްޓްތަކުގައި ޕޮއިންޓް ދީފައިވާގޮތާމެދު ކޮންމެ ފަރާތަކަށް ވެސް ޝަކުވާ ހުށަހެޅޭނެކަމަށް އެ ކޮމިޓީން ވަނީ ވިދާޅުވެފައެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުއްވައި މައުލޫމާތު ހޯއްދެވުމަށް އެ ކޮމިޓީން ވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ