ލިިއޮނަލް މެސީ . . . .

މެސީ ކެރިއަރު ނިންމާލުމަށް ޤައުމަށް އައުމަށް އާޖެންޓީނާގެ ރައީސް އެދިއްޖެ

މެސީ ކެރިއަރު ނިންމާލުމަށް ޤައުމަށް އައުމަށް އާޖެންޓީނާގެ ރައީސް އަލްބާޓޯ ފާނަންޑޭޒް އެދިއްޖެއެވެ.

މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެންގި ހިސާބުން ފެށިގެން ކުޅިވަރުގެ ހޫނު ޚަބަރުގެ ގޮތުގައި މެސީ ދާނެ ކްލަބަކާއިބެހޭ ގޮތުން އެތަކެއް ވާހަކަތަކެއްވަނީ ދެކެވިފައެވެ. ކޮންމެ ކޯޗެއްވެސް މެސީ ބޭނުންވާކަމަށް ވާހަކަތައް ދައްކާފައިވާއިރު، މެސީގެ ރިލީޒް ކްލޯސްގެ އަގުގެ ގޮތުން ކޮންމެ ކޮންމެ ކްލަބަކަށް މެސީ ގެނައުމަކީ ވާނެކަމެއް ނޫނެވެ.

މެސީ ބާސެލޯނާ ދޫކޮށްލައިފިނަމަ، އޭނާ ދެން ފެނުން އެންމެ ގާތީ ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އަދި އިޓަލީގެ އިންޓަ މިލާން ތެރެއިން ކްލަބަކުންނެވެ.

ރައީސް އަލްބާޓޯ ބުނީ، މެސީއަކީ އާޖެންޓީނާގެ ރައްޔިތުންގެ ހިތުގައި ރަސްކަންކުރަމުންދާ ކުޅުންތެރިއެއްނަމަވެސް، މެސީ ޤައުމުގައި ކުޅޭތައް ފެނިފައިނުވާކަމަށެވެ. އެހެންކަމުން މެސީ އެންމެ ފުރަތަމަ ކުޅުނު ކްލަބުކަމަށްވާ އާޖެންޓީނާގެ ނިއުވެލްސް އޯލްޑް ބޯއީސްއަށް އައިސް ކެރިއަރު ނިންމާލުމަށް ރައީސް އަލްބާޓޯ ވަނީ މެސީގެ ފަރާތުން އެދިފައެވެ.

ނިއުވެލްސްގެ ޒުވާން ޓީމުގައި އުޅުމަށްފަހު ފްރީ ޓްރާންސްފާއެއްގައި މެސީ ބާސެލޯނާއަށް ބަދަލުވީ 2000 ވަނަ އަހަރުގެ ޖުލައި 1 ގަައެވެ. އެއިރު އޭނާގެ އުމުރަކީ 13 އަހަރެވެ. އޭގެފަހުން ވޭތުވެދިޔަ 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ އެކްލަބާއެކު އެތަކެއް ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. އަދި މިދުވަސްވަރުގައި އަމިއްލަ އެތަކެއް އެވޯޑުތަކެއް ހޯދައި ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ލިސްޓަށްވަނީ އަރާފައެވެ. އެހެންކަމުން މެސީ ބާސެލޯނާ ދޫކޮށްލާނެކަމަށް ގިނަ ބަޔަކު ޤަބޫލެއްނުކުރެއެވެ.

ނަމަވެސް އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ޕްރެކްޓިސް ފަށަން މިއަދު ނިންމާފައިވާއިރު، ސްޕެނިޝް ލީގުގެ ޕްރޮޓޮކޯލްއާ އެއްގޮތަށް ޕްރެކްޓިސް ފެށުމުގެ އެއް ދުވަސް ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓް ހެދުމަށް އިއްްޔެ ކުރިއަށްދިޔަ ބާސެލޯނާގެ ކޮވިޑް-19 ޓެސްޓްތަކުގައި މެސީ ބައިވެރިވެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ