އަމާޒަކީ ސެލްފް ސަރވިސް ޝެޑްތަކެއް ޤާއިމުކުރުން: އެފްއެސްއެމް

އަމާޒަކީ ސެލްފް ސަރވިސް ޝެޑްތަކެއް ޤާއިމުކުރުން ކުރުން ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީ އިން، އެފްއެސްއެމް ގެ ސޭލްސް އެޗްއޯޑީ މުހައްމަދު ސައީދުއާއި ހަވާލާދީ ބުނެފައިވަނީ މާލެ ސިޓީގައި ހުރި ޕެޓްރޯލް ޝެޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ޝެޑަކީ ސެލްސް ސަރވިސް ޝެޑަށް ހެދުމަށް އެފްއެސްއެމް އިން މިއަހަރު އަމާޒު ހިފިކަމަށެވެ. ނަމަވެސް މިކަމަށް ހުރަސްއެޅިގެން ދިޔައީ ކޮވިޑް-19 ގެ ސަބަބުން ކަމަށާއި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ޝެޑްގެ ސެޓަޕް ވެސް ހަދާފައިވާނީ ކޭޝް ލެސްކޮށް ހިދުމަތް ދެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކާނިވާ ކައިރީގައި ހުންނަ އެފްއެސްއެމް 2 އަދި އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެފްއެސްއެމް 4 އީޒީފިލް އިން ކޭޝްލެސް ހިދުމަތް ދޭން ފަށާފައިވާއިރު، މި ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަމައެކަނި ފައިސާ ބޭނުންކުރާ ކަސްޓަމަރުން އުޅުން ކަމަށާއި އެއްވެސް ގޮތަކަށް ކާޑު ބޭނުން ނުކުރައްވާ ކަސްޓަމަރުން އުޅޭ ކަމަށް މުހައްމަދު ސައީދު ވިދާޅުވިއެވެ. ފައިސާ ބޭނުންކުރާ ކަސްޓަމަރުން އުޅުމުގެ ސަބަބުން އެންމެ ފުރިހަމަ ގޮތުގައި މި ހިދުމަތް ފޯރުކޮށްދިނުމަށް ދަތިވާކަމަށް ވިދާޅުވިއެވެ.

ކޭޝްލެސް ހިދުމަތް ދޭން ފަށާފައިވާއިރު، މިވަގުތު ހަމައެކަނި ބީއެމްއެލްގެ ކާޑު ބަލައިގަތަސް ކުރިއަތް އޮތް ތާނގައި އުރީދޫ އަދި ދިރާގު ޕޭ ގެ ހިދުމަތް ވެސް ލިބިގެންދާނެ ކަަމަށް އެފްއެސްއެމް އިން ބުނެއެވެ. މި ދެ ޝެޑް ގައި ކޭޝްލެސް ހިދުމަތް ދޭން ފަށާފައިވަނީ އަޖުމަ ބަލާލުމުގެ ގޮތުން ކަމަށާއި ނަތީޖާއަށް ބެލުމަށްފަހު އިތުރު ޝެޑްތަކުގައި ި ކޭޝްލެސް ހިދުމަތް ދޭން ފަށާނެ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ