ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މީހަކު އެރަށަށް އެރުވުމާއި ދެކޮޅަށް، އެރަށު ރައްޔިތުން ނިކުމެ އިހުތިޖާޖު ކުރަމުން އެބަދެއެވެ.
ފުލުހުން ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
ފުލުހުން ވިދާޅުވީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ބަލި މީހަކު، އެރަށަށް އެރުވުމާއި ދެކޮޅަށް ރައްޔިތުންގެ ބަޔަކު އިޙްތިޖާޖު ކުރަމުންދާތީ ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށެވެ.
ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔައީ ގދ. ތިނަދޫން ކޮވިޑް-19 އަށް ފައްސިވި މީހާއެވެ. އެ މީހާ އިތުރު ފަރުވާއަށް ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ފަރުވާދިނުމަށް ގެންގޮސްފައި ވަނީ ސީ އެމްބިއުލާންސްގައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ބަލި މީހާ އަދިވެސް އޮތީ ވިލިނގިއްޔަށް ނޭރިގެން، ސީ އެމްބިއުލާންސް ގައެވެ.




