ޕީޕީއެމްއާއި ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީޕީއެމްއާއި ޕީއެންސީ 75،000 ދިވެހި ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި ވަނީ އެ ދެ ޕާޓީ ޖޫރިމަނާކޮށްފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި އެއްވެއުޅުމުގެ މިނިވަން ކަމުގެ ޤާނޫނާއި، އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިޑްލައިންއާއި ތަކުރާރުކޮށް ޚިލާފުވުމާއި ގުޅިގެންކަމަށެވެ.

އެގޮތުން އީސީ އިން ވަނީ އިދިކޮޅު ކޯލިޝަންގައި ހަރަކާތްތެރިވަމުން އަންނަ ޕީޕީއެމްއާއި ޕީއެންސީ 75،000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން އިންތިޒާމް ކޮށްގެން ވަނީ “ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މުޒާހަރާތައް ބާއްވާފައެވެ. އެގޮތުން ރާއްޖޭގެ ގިނަ ރައްތަކެއްގައި މުޒާހަރާތައް ބާއްވާފައިވާއިރު، މާލޭގައިވެސް މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ވަނީ ސައިކަލު ބުރެއް ބާއްވާފައެވެ. މި ސައިކަލް ބުރުގައި ބައިވެރިވި ފަރާތްތައް އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފުވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން މި ސައިކަލް ބުރުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ވަނީ ފުލުހަށްވެސް ހާރިޒު ކޮށްފައެވެ.

މީގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފުވެފައި ވާތީ، ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްގެ އިތުރުން ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާޙީމް ޝުޖާއު ވަނީ 1000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
26
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބުރޫޗް

    ޖޫރިމަނާ ކުރިވަރު ކުޑައީ ކުރަންވީ 75 މިލައނުން
    ތީން ކޮންމެ ބާފީއަކުވެސް މަތީ އަދަކުން ޖޫރިމަނާ ކުރަންވީ

    2
    5
    • ޖައުފަރު ދާއޫދު، ރ.މާކުރަތު

      މުޅި ރ.އަތޮޅު ތިޔަކަމާ ދެކޮޅަށް އަޑު އުފުލާ. ތިޔަ ޖޫރިމަނާ ކުރިވަރު މަދު މިލިޔަނެއްހާ ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް އުންމީދު ކުރީ

      1
      1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ