މިރޭ ހަމަލާދިން މީހާ، މިމީހާއަށް ރޭވެސް އަނިޔާ ކޮށްފައިވޭ - ފޮޓޯ: ވަގުތު

ދިއްފުށީ ރޭގެ ހަމަނުޖެހުންތަކުގައި އަނިޔާވި މީހާވެސް މާލެ ގެނެސްފި

ވައްކަން އިންތިހާއަށް އިތުރުވުމާ ގުޅިގެން ކ.ދިއްފުށީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ރޭ ޒަހަމްކޮށްލި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އިތުރު ފަރުވާއަށް ރޭ މެންދަމު 02:00 ހާއިރު އެމްއެންޑީއެފް ކޯސްޓްގާރޑްގައި މާލެ ގެނެސްފައިވަނީ، ކުރީ ރޭ ހިނގި ހަމަނުޖެހުންތަކުގައިވެސް އަނިޔާވެގެން ހެލްތު ސެންޓަރުން ފަރުވާ ހޯދާފައިވާ މީހެކެވެ. ރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އޭނާ މާލެ ގެނައުމުގެ ކުރިން ދިއްފުށީ ހެލްތު ސެންޓަރުން ވަނީ ފަރުވާދީފައެވެ.

ރޭ އެމީހާއަށް އަނިޔާކޮށްފައިވަނީ ފިހާރައަކުން ކުރި ބޮޑު ވައްކަމަކާ ގުޅިގެން ރައްޔިތުން ނިކުމެ ހިންގި ތަޙްޤީގެއްގެ ތެރެއިންނެވެ. އެމީހާ ގޮވައިގެން ގޮސް ވަގަށް ނެގި ތިޖޫރީ ހޯދާފައިވީ ނަމަވެސް ތިޖޫރީ ފެނުނުއިރު އެއްވެސް ފައިސާއެއް ނެތްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ވަގަށް ނެގި ތިޖޫރީ ދެއްކިއިރު ފައިސާ ނެތުމުން ހިނގި ހަމަނުޖެހުންތަކުގައި އެމީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ބޮލަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައިވެއެވެ.

ރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ފަރުވާއަށް މާލޭ އައިޖީއެމް ހޮސްޕިޓަލަށް އިތުރު މީހަކު ނެގައިއިރު، ދިއްފުށީގައި ކުރީރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 4 މީހަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދީފައިވެއެވެ. އޭގެ ތެރެއިން އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބި ސަރޖަރީއެއްވެސް ހަދާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ