ގއ. ވިލިނގިލި ރައްޔިތުން ކިބައިން ޑރ. ނަޒްލާ ރަފީޤް މާފަށް އެދެންޖެހޭ ކަމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
ސައުދު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވިލިނގިލި ރައްޔިތުންގެ ކިބައިން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ މާފަށް އެދެން ޖެހޭ ކަމަށާއި ވިލިނގިލީ ހޮސްޕިޓަލްގެ ކެޕޭސިޓީ އެޗްޕީއޭ އަށް ނޭނގޭ ކަމަށެވެ.
ސައުދު ވިދާޅުވީ ވިލިނގިލީ ހޮސްޕިޓަލްގެ ކެޕޭސިޓީ އެޗްޕީއޭ އަށް ނޭނގި ކޮވިޑް ޖެހިފައިވާ ބަލި މީހަކު، އެރަށަށް ބަދަލުކުރަން ނިންމާ، ބަލި މީހާ ދިއުމުން ކަންކަން ފުރިހަމަނުވާ ކަމަށެވެ. އަދި ބަލި މީހާގެ އެހީތެރިޔާ ނުލައި އައިސޮލޭޝަން އަށް ދިއުމަށް އުޒުރުވެރި ވުމަކީ ވިލިނގިލި ރައްޔިތުންގެ ކުށެއް ނޫން ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ވިލިނގިލީ ރައްޔިތުން އެއްވެސް ރަށެއްގެ ރައްޔިތަކާއި ދޭތެރޭ ތަފާތު ނުކުރާނެ ކަމަށާއި އަބަދުވެސް ކިޔާނީ މަރުޙަބާ ކަމަށް ސައުދު ވިދާޅުވެފައި ވާއިރު އިއްޔެ ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މީހަކު އެރަށަށް އެރުވުމާއި ދެކޮޅަށް، އެރަށު ރައްޔިތުން ނިކުމެ އިހުތިޖާޖު ކުރަމުން އެ މީހާއަށް ވަނީ އެރަށަށް އެރޭގޮތް ނުވެފައެވެ.
Villingili rayyithunge kibain Dr.Nazla maafan edhen jehey. Villingili Hospital ge capacity HPA ah neygi COVID patient transfer decision nagā, patient dhiumun kankan furihama nuve patient eheetheriya nulaa isolation ah dhiumah uzuruverivumaky Villingili rayyithunge kusheh nun!! https://t.co/WlxsoGyiWk
— Saud Hussain MP (@SaudVillingili) September 1, 2020
ވިލިނގިލީގައި އިއްޔެ ހިނގި ހާދިސާއަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވަނީ ގއ. ވިލިނގިލިން ފެނުނީ ކޮވިޑް-19 އަށް ވުރެވެސް ނުރައްކާތެރި ބައްޔެއް ކަމަށް ވިދާޅުވެފައެވެ.
“އަޅުގަނޑުމެން މިދައްކަނީ އަޅުގަނޑުމެންފަދަ އިންސާނެއްގެ ވާހަކަ، ދިވެއްސެއްގެ ވާހަކަ. އަޅުގަނޑުމެން އެކަކު އަނެކަކަށް ނުދިން އެހީތެރިކަމެއް އެހެން ވަކި ކޮންފަރާތަކުންތޯ ދޭނީ؟ މިގޮތަށް ވަކި ރަށަކަށް ނޫނީ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހިފައި ހުރީއޭ ކިޔާފައި ތަފާތުކުރުމާއި، ތަފާތު ގޮތަކަށް އޭނައާއި ދޭތެރޭ ދެކުމާއި، މިއީ ކޮވިޑް-19 އަށްވުރެވެސް ސީރިއަސް ބައްޔެއްކަމަށް އަޅުގަނޑުމެން ދެކެނީ.” ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވި އެވެ.
ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔައީ ގދ. ތިނަދޫން ކޮވިޑް-19 އަށް ފައްސިވި މީހާއެވެ. އެ މީހާ އިތުރު ފަރުވާއަށް ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ފަރުވާދިނުމަށް ގެންގޮސްފައި ވަނީ ސީ އެމްބިއުލާންސްގައެވެ.





2 Responses
ޙަޑިމުޑުދާރު އަމަލެއްކޮށް، އެދިފާއުކުރުމުގައި އިއްޒަތްތެރި މެމްބަރުވެސް ބައިވެރިވުމަކީ ޑރ. ޏަޒްލާ އެވިދާޅުވާ ނުރައްކާތެރިބަލި އިއްޒައްތެރި މެމްބަރަށްވެސް ޖެހިފައިވާ ކަމުގެ ހެއްކެތް
ހޮސްޕިޓަލްގެ ކެޕޭސިޓީ ހުންނަންޖެހޭ މިންގަނޑު އެނގޭނީ ދާއިރާގެ މެންބަރަކަށްނޫން. އެރަށަށް ބަލިމީހާ ގެންދާއިރު މިންގަނޑަށް ނުފެތޭނަމަ އެރަށަކަށް ނުގެންދާނެ. މަޖިލިސް މެންބަރަށް ވުމަކީ ރޯނު އެދުރަކަށް ވާންޖެހޭ ސަބަބެއްނޫން. މެންބަރު ހަމަގައި ހުރުން ރަނގަޅުވާނެ