ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުންނަށް ނަޞޭޙަތް ދީފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ފަރާތްތަކަށް ނަޞޭޙަތް ދީފައިވާކަމުގައި އިލެކްސްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް އިން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމްއާއި ޕީއެންސީގެ އިސް ފަރާތްތަކަށް ނަޞޭޙަތް ދީފައިވަނީ ޤާނޫނާއި ޚިލާފަށް ކުރިޔަށް ގެންދިޔަ ސިޔާސީ ހަރަކާތެއްގައި ތަކުރާރުކޮށް ބައިވެރިވެފައިވާތީ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއް ބޭފުޅުންނަށް ނަސޭޙަތް ދީފައިވާކަމުގައި އިލެކްޝަންސް އިން ވަނީ ވިދާޅުވެފައެވެ.

އީސީގެ ނައިބު ރައީސް އަޙްމަދު އަކްރަމްވެސް ވަނީ މިފަދަ ޓްވީޓެއް ކޮށްފައެވެ. ނަމަވެސް ނަޞޭޙަތް ދީފައިވަނީ ކޮން ބަޔަކަށް ކަމެއް އީސީން ހާމަ ކުރައްވާފައެއް ނުވެއެވެ.

އިދިކޮޅު ކޯލިޝަނުން މި ދިޔަ ހުކުރު ދުވަހު "ޤައުމު ވިއްކާލުމާ ދެކޮޅަށް" މާލޭގައި ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ ގައިޑްލައިންއާއި ޚިލާފުވެފައިވާތީ ޕީޕީއެމްއާއި ޕީއެންސީ ވަނީ 75،000 ދިވެހި ރުފިޔާއިން އިއްޔެ ޖޫރިމަނާވެސް ކޮށްފައެވެ. އީސީން ވިދާޅުވެފައި ވަނީ އެ ދެ ޕާޓީ ޖޫރިމަނާކޮށްފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި އެއްވެއުޅުމުގެ މިނިވަން ކަމުގެ ޤާނޫނާއި، އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިޑްލައިންއާއި ތަކުރާރުކޮށް ޚިލާފުވުމާއި ގުޅިގެންކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިންއާއި ޚިލާފުވެފައިވާތީ މި ސައިކަލް ބުރުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ވަނީ ފުލުހަށްވެސް ހާރިޒު ކޮށްފައެވެ. އަދި ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްގެ އިތުރުން ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާޙީމް ޝުޖާއު ވަނީ 1000 ރުފިޔާއިން ޖޫރިމަނާވެސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ