ފިލައިންގެ އުޅޭ 11 ބިދޭސީން ހޯދުމުގެ މަސައްކަތް މޯލްޑްވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.
އެގޮތުން ފުލުހުން ވަނީ މި 11 މީހުންގެ ފޮޓޯ އާންމު ކޮށްފައެވެ. ފުލުހުން ވިދާޅުވީ މި 11 ބިދޭސީންނަކީ، އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާ މީހުންކަމަށާއި، އަދި ގަވާއިދާ ހިލާފަށް އުޅޭ މީހުންކަމަށެވެ. ފުލުހުން ވިދާޅުވީ އެމީހުން ފިލާފައި ވަނީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.
މި މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ:
- ރޮޕަކް ކުރި، ލަކްސްމިޕޫރ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0938722)،
- ބައްޗު، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BR0872347)،
- އެމް.ޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫރ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BH0071524)،
- އެމް.ޑީ މިލޮން ޝެކް، ޖެނައިޑާހް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0843257)،
- ސުމޮން އަޙްމަދު ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0876943)،
- ރަބް، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0857437)،
- މުޙައްމަދު ރުބެލް މިއަހް،ކޮމިއްލަ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0329984)،
- މަޒްނު ޕްރަމަނިކް، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0081953)،
- އެމް.ޑީ ޝާހާ ޢަލީ، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0067339)،
- ޚޯކޮން މާލިކު، ޗަންދުޕޫރ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0536661)،
- ޝަހާދަތު ޙޮސައިން، ޗަންދުޕޫރ، ބަނގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: BE0524543)، އެވެ.
ފުލުހުން ވިދާޅުވެފައި ވަނީ މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.
ސަރުކާރުން މިހާތަނަށް ވަނީ ޤާނޫނާ ޚިލާފަށް އުޅޭ 5800 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފައެވެ.



