އޮކްޓޫބަރ 15 އިން ފެށިގެން ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ލިބޭނީ ރަށު ކައުންސިލްގެ ހުއްދައާއެކު އެޗްޕީއޭ އަދި އެޗްއީއޯސީ ގެ ގައިޑްލައިންގައިވާ ގޮތުގެ މަތިންކަމަށެވެ.
ގެސްޓު ހައުސްތައް ހުޅުވުމާއި ބެހޭގޮތުން މައުލޫމާތު ފޯރުކޯށްދިނުމުގެ ގޮތުން މިނިސްޓްރީ އިން މާދަމާ ޕްރެސްއެއް ބާއްވާނެކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
Government will permit reopening of Guest Houses from 15 Oct 2020. The issuing of permit will be based on consent from Island Council and criteria and guideline by HPA and HEOC. Ministry will hold a Press on 2.9.2020 to provide more info on #GuestHouse reopening.#VisitMaldives
— Ministry of Tourism (@MoTmv) September 1, 2020
ދިވެހި ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރާއްޖޭގެ ބޯޑަރުގެ އިތުރުން ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޖުލައިމަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިއިރުވެސް ގެސްޓް ހައުސްތައް ހުޅުވާލުމުގެ ހުއްދަ ދީފައެއް ނުވެއެވެ.




