ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އިޢުލާންކޮށްފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ މެންޗެސްޓާރ ސިޓީއާއެކު 5 އަހަރުގެ އެއްބަސްވުމަކަށް އަތުވެއްޖެކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
ރިޕޯރޓްތައް ބުނާގޮތުން ސިޓީގެ ވެރިޔާއާއި މެސީއާ ދެމެދު ފަސް އަހަރުގެ އެއްބަސްވުމަކަށް އައިސްފައިވާއިރު، މިއެއްބަސްވުމުގެ އަގަކީ މެސީގެ ރިލީޒް ކްލޯސްކަމަށްވާ 700 މިލިއަން ޔޫރޯކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ. މިއެއްބަސްވުމުގެ ދަށުން 3 އަހަރު މެސީ ސިޓީއާއެކު ޕްރިމިއާ ލީގުގައި ހޭދަކުރާއިރު، އަނެއް ދެ އަހަރު ހޭދަކުރާނީ އެމެރިކާގެ ނިއުޔޯކް ސިޓީ އެފްސީގައި ކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ. ނިއުޔޯކް ސިޓީ އެފްސީއަކީވެސް ސިޓީ ފުޓްބޯލް ގްރޫޕްގެ ކްލަބެކެވެ.
ރިޕޯރޓްތައް ބުނާ ގޮތުން މެސީ ޕެޕް ގާޑިއޮލާގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވަނީ، މެސީގެ ފަރާތުން އެންމެ މޮޅު ފުޓްބޯޅައެއް ފެނިގެން ގޮސްފައިވަނީ ގާޑިއޯލާއާއެކު މަސައްކަތްކުރި ދުވަސްވަރުކަމަށްވާތީއެވެ.
އެހެންނަމަވެސް ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓޮމެއު ހުރީ މެސީ ވިއްކާގޮތަށް ނޫންކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ. ރިޕޯރޓްތައް ބުނާގޮތުން މެސީ ވިއްކާލި ރައީސްއަކަށް ބާޓޮމެއު ވާކަން ބޭނުމެއްނުވެއެެވެ.
ފަހަކަށް އައިސް ބާސެލޯނާގައި މެސީ އާއި ޓީމުގެ ބޯޑު މެމްބަރުންނާ ހިޔާލު ތަފާތުވުންތައް ވަނީ އިތުރުވެފަ އެވެ. އެންމެ ފުރަތަމަ ކަންތައްތައް ގޯސްވާން ފެށީ މީގެ ތިން ސީޒަން ކުރިން ބާސެލޯނާ އިން ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ނޭމާ ވިއްކާލުމުންނެވެ. އޭރު ނޭމާ އާއި ބާސެލޯނާ ބޯޑު މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.
އަދި ބާސެލޯނާގެ ލީޑަޝިޕާ މެދު މެސީގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ފަހަކަށް އައިސް ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފަ އެވެ. ބާސެލޯނާގެ ޑިރެކްޓަރު ކަމުން ދާދި ފަހުން ވަކިކުރި އެރިކް އަބިދާލް ވަނީ ބާސެލޯނާގެ ކޯޗުކަމުން ޖެނުއަރީ މަހު އާނެސްޓޯ ވަލްވޭޑޭ ވަކިކުރުމުގައި ކުޅުންތެރިންގެ ރޯލެއް އޮތް ކަމަށް ބުނެފަ އެވެ.
އަބީޑާލްގެ މިއިންޓަރވިއުއާއި ގެޅިގެން ކެޕްޓަން ލިއޮނަލް މެސީ ވާހަކަ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، މެސީ ބުނީ ކުޅުންތެރިންގެ ވާހަކަ ދައްކަންޏާ، އެއީ ސީދާ ކޮން ކުޅުންތެރިންނެއްކަން ހާމަކޮށްދޭން ޖެހޭނެކަމަށާއި، ނޫންނަމަ ހުރިހާ ކުޅުންތެރިންވެސް އެކަމުގައި ޝާމިލްވާނެކަމަށެވެ.
ނިއުވެލްސްގެ ޒުވާން ޓީމުގައި އުޅުމަށްފަހު ފްރީ ޓްރާންސްފާއެއްގައި މެސީ ބާސެލޯނާއަށް ބަދަލުވީ 2000 ވަނަ އަހަރުގެ ޖުލައި 1 ގަައެވެ. އެއިރު އޭނާގެ އުމުރަކީ 13 އަހަރެވެ. އޭގެފަހުން ވޭތުވެދިޔަ 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ އެކްލަބާއެކު އެތަކެއް ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. އަދި މިދުވަސްވަރުގައި އަމިއްލަ އެތަކެއް އެވޯޑުތަކެއް ހޯދައި ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ލިސްޓަށްވަނީ އަރާފައެވެ. އެހެންކަމުން މެސީ ބާސެލޯނާ ދޫކޮށްލާނެކަމަށް ގިނަ ބަޔަކު ޤަބޫލެއްނުކުރެއެވެ.
ބާސެލޯނާގެ އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ޕްރެކްޓިސް ފަށާފައިވަނީ މެސީ ނުހިމަނައެވެ. މިހާރު ސްޕެނިޝް ލީގުގެ ޕްރޮޓޮކޯލްއާ އެއްގޮތަށް ޕްރެކްޓިސް ފެށުމުގެ އެއް ދުވަސް ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓް ހެދުމަށް ކުރިއަށްދިޔަ ބާސެލޯނާގެ ކޮވިޑް-19 ޓެސްޓްތަކުގައިވެސް މެސީ ބައިވެރިވެފައެއް ނުވެއެވެ.
އެހެންނަމަވެސް މެސީ ސިޓީއާއި ގުޅެން އެއްބަސްވިކަމެއް ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.





3 Responses
ބާ…….. އެސޮރުގެ ބޫޓު ގެ ނާޑަވާ
ބާސެލޯނާ ގެ ކޯޗުގެ ފކ ގަ އެއްވެސް ގޮތަކައް
ްެއެއްސިފަ އިން ތޯ ބަލާލް ދެވިދާނެ ތޯ .
އެ ސޮރައް ނުދެވިގެން އުޅޭ ތީ ހަމަ އަހާލީ
ރިޕޯރޓް ހިމަކޮން އޮޅާލާފަ ލާން ކެރޭނެތަ؟ ބޭރު ހަބަރުތަށް ތަރުޖަމާކުރުން ހުއްޓާލާފަ؟
އިނގިރޭސި އާރޓިކަލްތައް ޓްރާންސްލޭޓް ކޮށްލީމާ ޚަބަރު ލިޔެވުނީ! ކިހާ ފަސޭހަ ދޯ!