ރާއްޖެއާއި އިންޑިއާ ރަހްމަތްތެރި ގުޅުމަށް ލޯބިކުރާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މެމްބަރު އާޒިމް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖެ އިންޑިއާއަށް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން "އިންޑިއާ އައުޓް" ގެ ނަމުގައި ހާއްސަ ކެންޕެއިނެއްވެސް ސޯޝަލް މީޑިއާގައި ކުރިޔަށް ދެއެވެ.
އެ ކަމަށް އިޝާރާތް ކުރައްވާ މެންބަރު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި-އިންޑިޔާ ރަހްމަތްތެރިކަމަށް ލޯބިކުރަންކަމަށެވެ.
"އަހެރެންނަކީ ފަޚުރުވެރި ދިވެއްސެއް! މަ ދިވެހި-އިންޑިޔާ ރަހްމަތްތެރިކަމަށް ލޯބިކުރަން" އާޒިމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
އަހެރެންނަކީ ފަޚުރުވެރި ދިވެއްސެއް! މަ ދިވެހި_އިންޑިޔާ ރަހްމަތްތެރިކަމަށް ލޯބިކުރަން
हम मालदीव के हैं और हम चाहते हैं कि भारत - मालदीव दोस्ती चलती रहे/ अमर रहे।
I am a proud Maldivian and love ❤️ #MaldivesIndiaFreindship @HCIMaldives @narendramodi pic.twitter.com/WoJSPIqh4M— ??? ???? (@aliaazim) September 2, 2020
މެންބަރު އާޒިމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއާއި އިންޑިއާ ގުޅުމުގެ ފައިދާ ވަރަށް ބޮޑު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ވިދާޅުވެފައެވެ.
އެކަމަނާ ވިދާޅުވީ، މި ގުޅުމުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ރާއްޖެއަށް އެތަކެއް ފައިދާއެއް ކުރަމުން އަންނަ ކަމަށެވެ.



