އައްޑޫ ސިޓީގެ ފޭދޫގައި މިއަދު އާ މިސްކިތެއް ހުޅުވައިފިއެވެ.
ފޭދޫގައި މިއަދު ހުކުރު ހުޅުވި "މަސްޖިދުލް ކައުސަރު" އަކީ އެއްފަހަރާ ގާތްގަނޑަކަށް 300 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައާ އެކު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މިސްކިތެކެވެ.
ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ، ފޭދޫގައި ހުރި އެންމެ ކުޑަ އަދި އެންމެ ދުވަސްވީ މިސްކިތުގެ ތެރެއިން ނަަމާދުކުރާ އެއް މިސްކިތް ތަޅާލާ، މުޅިން އާ މިސްކިތެއް އަޅުއްވައި ދެއްވީ ފޭދު އަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ނައީމް (ހެޕީ މާކެޓް ނައީމް) އެވެ.

ޒަމާނީ ފެންވަރަށް ބިނާ ކުރި މިސްކިތް ހުރީ އޭސީ ވެސް ކޮށްފައެވެ. އެ މިސްކިތް ބިނާކޮށްދެއްވި ނައިމަކީ ފޭދު އަށް އިޖުތިމާއީ ގޮތުން ބޮޑެތި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.