ޓުއަރިޒަމާބެހޭ ޤާނޫނޫގެ ދަށުން އޮޕަރޭޓިންގ ލައިސަންސް ބާޠިލުކޮށްފައިވާ ރިސޯޓްތަކަށް ޓުއަރިޒަމް މިނިސްޓްރީން އަލުން ލައިސަންސް ދީފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ، ލައިސަންސް ބާޠިލްކޮށްފައިވާ ރިސޯޓްތަކަށް އަލުން ލައިސަންސް ދިނީ ވަކި ޝަރުރުތަކެއް ކަނޑައެޅުމަށްފަހު، އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުކަމަށެވެ.
އެ ޝަރުތުތަކުގެ ތެރޭގައި އެރިޒޯޓުތަކުން ސަރުކާރަށް ނުދައްކައި ހުރި ކުލި ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމާއި، މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ރަނގަޅު ކުރުމުގެ އިތުރުން ދިވެހި މުވައްޒަފުންގެ ރޭޝިއޯ ކަނޑައެޅިފައިވާ މިންގަނޑުގައި ހިފެހެއްޓުން އަދި ރިޒޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަންކަން އިޞްލާޙުކުރުން ހިމެނޭކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
ޤާނޫނާ ޚިލާފުވެގެން ލައިސަންސް ހިފަހައްޓާފައިވާ ރިސޯޓްތަކަށް އަލުން ލައިސަންސް ދީފައިވާއިރު، އެއީ ކޮން ކޮން ރިސޯޓްތަކެއްކަމެއް އަދި ކިތަށް ރިސޯޓްކަމެއް ޓުއަރިޒަމް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.