އިންޑިއާ ބޮޑުވަޒީރު މޯދީގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފި

އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފިއެވެ.

މޮދީގެ ޓްވިޓާ އެކައުންޓުން ވަނީ ރިލީފް ފަންޑަކަށް ފައިސާ ޖަމާކުރުމަށް އެދި ޓްވީޓް ތަކެއް ކޮށްފައެވެ.

މިކަމާ ގުޅިގެން ޓްވިޓާ އިން ބުނެފައިވަނީ މި މައްސަލަ ބަލަމުން ގެންދާ ކަމަށާއި އަދި ހެކް ކޮށްފައިވާ އެކައުންޓް ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ހެކް ކޮށްފައިވަނީ 2.5 މިލިއަން ފޮލޯވަރުން ހުންނަ މޯދީގެ ވެބްސައިޓްގެ ރަސްމީ ޓްވިޓާ އެކައުންޓެވެ. ނަމަވެސް އާޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓް ހެކް ކޮށްފައެއް ނުވެއެވެ. މި އެކައުންޓްގައި 61 މިލިއަން ޕޮލޯވަރުން ހުރެއެވެ.

މީގެ ދެ މަހެއްހާ ދުވަސްކުރިން ވެސް ވަނީ މަޝްހޫރު އެތައް ބައެއްގެ ވެރިފައިޑް ޓްވިޓަރ އެކައުންޓު ހެކްކޮއްފައެވެ.

އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، މައިކްރޮސޮފްޓްގެ ކޯ ފައުންޑަރ ބިލް ގޭޓްސް، ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓް އަދި އެޕަލްގެ ގެ ޓްވިޓަރ އެކައުންޓްވެސް ވަނީ ހެކްކޮށްފައެވެ. މި އެކެއުންޓްތަކުން ވަނީ ބިޓްކޮއިން ފޮނުވުމަށް އެދި ޓްވީޓް ކޮށްފައެވެ.

ހެކްވެފައިވާ ޓްވިޓަރ އެކައުންޓުތަކުން ކޮށްފައިވާ ޓްވީޓްތަކުގައިވަނީ ފޮނުވާ ހުރިހާ ބިޓްކޮއިންއެއް ފޮނުވާނީ ޑަބަލް ކޮށެވެ. 1000 ޑޮލަރު ފޮނުވައިފިނަމަަ 2000 ޑޮލަރު ފޮނުވާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ