ތޯއޫމް ރެސްޓޯރެންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމު ޙަރަކާތްތެރިވެއްޖެއެވެ.
ތޯއޫމް ރެސްޓޯރެންޓްގައި ރޯވި އަލިފާން ގަނޑު މިހާރުވަނީ ނިންވާލާފައެވެ. އަލިފާން ރޯވެފައިވަނީ ބަދިގޭގައި ހުރި ގޭސްފުޅިއެއް ކައިރީހުރި ޑަސްބިނެއްގައި ކަމަށް އެމްއެންޑީއެފް އިން ބުނި ނަމަވެސް، ފުލުހުން ބުނީ އަލިފާޏް ރޯވީ ގޭސްފުޅީގައި ކަމަށެވެ.
މިހާދިސާގައި މީހާކަށް އަދި އިމާރާތަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
Mirey 22:20 haa iru Thoum cafe’ ge’ badhigeygai beynun kuramun dhiya gas fulhi ehgai roavegen fuluhunnah report kurumaai eku fuluhun vany vaguthun scene ah gos alifaan nivvaalaafai. pic.twitter.com/J1EA2BP6RY
— Maldives Police (@PoliceMv) May 24, 2019
އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ، އަރަބި ކެެއުންތަކަށް ހާއްސަ ތޫމް ކެފޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 10:20 ހާއިރު އެވެ. ފުލުހުން ބުނި ގޮތުގައި އެ ރިޕޯޓް ލިބުނުތާ ދެ މިނެޓް ތެރޭގައި ފުލުހުން ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގައި ހުރި، އަލިފާން ނިވާ ދެ ފުޅިއާ އެކު، ހާދިސާ ހިނގި ތަނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ.
ފުލުހުން ބުނީ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބަދިގެއަށް ވެސް އަލިފާނުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުވެ އެވެ.