ކ. ގުރައިދޫގައި ހޯމް ކަރަންޓީނާއި ޚިލާފުވި މީހަކު 2500 ރުފިޔާއިން ޖުރިމަނާކޮށްފި

ކ. ގުރައިދޫގައި ހޯމް ކަރަންޓީނާއި ޚިލާފުވި 39 އަހަރުގެ ފިރިހެނަކު 2500 ރުފިޔާއިން ޖުރިމަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއީ އެކެހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއިބެހޭ ޤަވައިދަށް ފުރަތަމަ އިސްލާހް ގެނެވި އެޤަވާއިދުގެ ތެރެއަށް އަލަށް އިތުރުކުރި 13 ވަނަ މާއްދާގެ ށ ގެ ދަށުން މިގޮތަށް ޖުރިމަނާކުރި ފުރަތަމަ މީހާކަމަށެވެ.

ކަރަންޓީނު ކުރެވޭ ނުވަތަ އެކަހެރިކުރެވޭ ފަރާތްތަކުން ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުންވަނީ އެދިފައެވެ.

މި މީހާ ޤަވާއިދުވާ ހީލާފުވެފައިނީ ކިހިނެއްކަމެއް ފުލުހުން އަދި ހާމައެއްނުކުރެއެވެ.

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީންވާން އެންގި މީހަކު، އެ އަމުރާއި ހިލާފުވެއްޖެ ނަމަ 5000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް، އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ގަވާއިދަށް އިސްލާހް ވަނީ ގެނެސްފައެވެ.

އެގޮތުން އެޗްޕީއޭގެ މިއިސްލާޙުގައި ބުނެފައިވަނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަހެރިވުމަށް އަންގައިފައިވާ މިހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ޚިލާފުވެއްޖެ ނަމަ، -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށެވެ. އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަރަންޓީނު ވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ޚިލާފުވެއްޖެ ނަމަ، އަމުރާ ޚިލާފުވާ ފުރަތަމަ ފަހަރު -/2,500 (ދެހާސް ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށާއި، އަމުރާ ޚިލާފުވާ ދެވަނަ ފަހަރު -/3,500 (ތިންހާސް ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި އަމުރާ ޚިލާފުވާ ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު -/5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް މި އިސްލާޙުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ