ފޮޓޯ: ވަގުތު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފި

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ނުބޭއްވުމަށް އެ މަރުކަޒުން ނިންމައިފިއެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ނުބާއްވާ ގޮތަށް ނިންމާފައި މިވަނީ ކޮވިޑް-19 އައި ގުޅިގެންނެވެ. އެމަރުކަޒުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުން 2020 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް، ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރު ނުބޭއްވުމަށް ނިންމާފައިވާކަމަށެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތީ ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތެވެ.

ކީތިރި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ގިނަ ބައެއްގެ ޝައުޤުވެރިކަން ލިބިފައިވާ މުބާރާތެކެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު މި މުބާރާތުގައި އެކިއެކި އުމުރު ފުރާތަކުން ޖުމްލަ 1273 މީހަކު ވަނީ ބައިވެރިވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މި މުބާރާތް މިއަހަރު ނުބާއްވަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ކޮވިޑް-19 ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި މާލެ ސަރަހައްދުން ރާއްޖޭގެ ގިނަ ރައްތަކަކަށް ދަތުރު ކުރި ފަރާތްތައްވެސް މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ