ކުޅުދުއްފުށިން ނެގި ހުރިހާ ރެންޑޮމް ސާންޕަލްތައް ނެގެޓިވް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވި ކުއްޖެއް ކޮވިޑް 19 އަށް ޕޮޒިޓްވް ވުމާ ގުޅިގެން އެރަށުން ނެގި ހުރިހާ ރެންޑޮމް ސާމްޕަލް ތަކެއް ނެގެޓިވް ވެއްޖެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވިގޮތުގައި އިއްޔެ ކުޅުދުއްފުށިން 72 ރެންޑޮމް ސާމްޕަލް ނަގާފައިވާއިރު މިހުރިހާ ސާމްޕަލްއެއްވެސް ވަނީ ނެގަޓިވް ވެފައެވެ.
ކުޅުދުއްފުށިން އިތުރު ފަރުވާއަށް މާލެ ފޮނުވާލި ކުއްޖަކު ޕޮސިޓީވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށްގެނެސް ހުއްދަނެތި ރަށަށް އަރާ ފޭބުން މާނާކޮށްފައި އޮތުމަށްފަހު މިހާރުވަނީ މޮނިޓަރިންގެ ހާލަތުން އެރަށް ނަގާފައެވެ.
ރާއްޖޭގެ ހާލަތު ގޯސްވެ އަތޮޅުތެރޭންވެސް ވަނީ ގިނަ އަދަދެއްގެ ޕޮސިޓިވް ކޭސްތަކެއެއް ފެނިފައެވެ. އެހެންނަމަވެސް އަތޮޅުތެރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ގިނައީ ފުރަބަންދަށް ރާއްޖޭގެ އެކި ރަށްރަށަށް ކަރަންޓީނަށް ގޮސްފައިވާ މީހުންކަން ފާހަގަކޮށްލެވެއެވެ.
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ