ޖޭޕީގެ ނާއިބް ރައީސް އަޙްމަދު ސައުދު - ފޮޓޯ: ވީނިއުސް

ޤައުމު ދެކެ ލޯބިވާ ބަޔަކު މިޙާލަތުގައި ޤައުމު ހަލަބޮލިކޮށެއް ނުލާނެ: ސައުދު

ޤައުމު ދެކެ ލޯބިވާ އެއްވެސް ބަޔަކު މިޙާލަތުގައި ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް ޤައުމު ހަލަބޮލިކުރަން ނޫޅޭނެކަމަށް ޖޭޕީގެ ނާއިބް ރައީސް އަޙްމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ ކޮވިޑް-19 ގެ މިޙާލަތުގައި ރައްޔިތުން ގުނބޯ ހައްދައިގެން ސަރުކާރާއި ތޮޅެން އުޅޭނެކަމެއް ނެތްކަމަށެވެ. އަދި ސިޔާސީ މަންފާއެއް ހޯދުމަށްޓަކައިވެސް ޤައުމުދެކެ ލޯބިވާނަމަ މިއީ ޤައުމު ހަލަބޮލި ކުރަން އުޅެންވީ ވަގުތު ނޫންކަމަށާއި، ޤައުމު ދެކެ ލޯބިވާ ބަޔަކުނަމަ މިޙާލަތުގައި އެފަދަ ކަމެއް ނުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ޖުމްހޫރީ ޕާޓީ ސާބިތުވެ އޮތީ ރައީސް ސޯލިހުގެ ސަރުކާރާއެކު ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ސައުދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ، ޤައުމު ވިއްކާލުމަށް ދެކޮޅު ނަމުގައި އިދިކޮޅުންދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މުޒާހަރާ ކުރަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން މާފުށީ ބޭރުގައި ކަނޑުމަތީގައި އަދި މާލެ ސިޓީގައި ސައިކަލު ބުރެއްވެސް އިދިކޮޅުން ކުރިއަށް ގެންގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

އަދި އިކޮޅުން މާލޭގައި ބޭއްވި ސައިކަލް ބުރު އެޗްޕީއޭގެ މިންގަނޑަށް ނުފެތޭކަމަށްބުނެ ފުލުހުން ގެންދަވަނީ އެމައްސަލަ ބަލަމުންނެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ