މާ ގިނަވަގުތު ފޯނު ހާކާނަމަ އެކަމުން ލިބޭ ގެއްލުން ވަރަށް ބޮޑެވެ. އެހެން ނަމަވެސް މިއަދުގެ މުޖުތަމައުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އާއިލާ ރައްޓެހިންނަށް ދޭ ވަގުތަށް ވުރެ ގިނަ ވަގުތު ފޯނަށް ދެވޭ މަންޒަރެވެ.
މިހާރުގެ ގިނަ މީހުންނަށް ފޯނުވެފައި އޮންނަނީ ހަށިގަނޑުގެ އެއްބައި ކަމުގައެވެ. ފޯނު ފެންނަ ހިސާބުގައި ނެއްނަމަ ހަމަ ނޭވާވެސް ނުލެވެއެވެ. މިހާރު ރައްޓެހިންނާއެކު ކޮފީއަކަށް އެރިޔަސް މާގިނަ ވާހަކައެއް ދެއްކުމެއް ނޯވެއެވެ. ކޮންމެ މީހަކު ވެސް ހޭދަކުރަނީ އެމީހެއްގެ ފޯނު ހޭކުމުގައެވެ. ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް ނުވަތަ ކޮންމެވެސް އޮންލައިން ގޭމެއް ކުޅުމުގައެވެ.
ކުޑަކުދިންގެ ހިތް ރުއްސުމަށް ބައެއް ބެލެނިވެރިން އެ ކުދިންގެ އަތަށް ފޯނުދޭ މަންޒަރު މިހާރު ވަރަށް ގިނައިން ފެނެއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެ ކުދިންނަށް ދެވޭ އަނިޔާއެކެވެ.
ސިއްޙީ ގޮތުން ބެލިނަމަވެސް މާ ގިނަވަގުތު ފޯނު ހޭކުން މިއީ ވަރަށް ނުރައްކާ ބޮޑު ކަމެކެވެ. މިކަމުގެ ސަބަބުން ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭފަހަރު އެބަ އާދެއެވެ.
މާ ގިނަވަގުތު ފޯނުހާކާނަމަ ސިއްޙީގޮތުން ދިމާވެދާނެ ބައެއް މައްސަލަތަށް:
- ސިކުނޑީގެ ކެންސާރ
- ސްޓްރެސް ލެވެލް އިތުރުވުން
- ދިފާއީ ނިޒާމު ބަލިކަށިވުން
- ލޮލުގެ މައްސަލަތަށް
- ހާސްވެ ކަންބޮޑުވުން
- ދަރިން ހޯދުމަށް އުނދަގޫވުން
- ހަންގަނޑުގެ މައްސަލަތަށް
- ބޮލުގަރިއްސުން
- ހަމަ ނިދި ނުލިބުން
މާ ގިނަ ވަގުތު ހުއްޓުމެއްނެތި ފޯނު ހާކާނަމަ ލިބިދާނެ ގެއްލުމަށް ވިސްނާލާށެވެ. ހިތްހަމަ ޖެހޭ އުފާވެރި ދިރިއުޅުމެއް ބޭނުންނަމަ ކޮންމެސްވަރަކަށް ފޯނާ ދުރުވެލާށެވެ.
ހިޔާލު
Foanu heykumakee kobaathoo. Koachehggatho foanu haakanvee